ލުބުނާނާއި ފަލަސްޠީނަށް ނުރައްކާތެރި އިސްރާއީލުގެ ޑިފެންސް ފޯސްއިން އެ މީހުންގެ ހެލިކޮޕްޓަރުތައް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ސޮއިކުރި އެއްބަސްވުމުގައި ކޮމާންޑް އެންޑް ކޮންޓްރޯލް، އެވިއޮނިކްސް، އަދި އިލެކްޓްރޯނިކް ވާފެއާ ސިސްޓަމްތަކާއި އެޑްވާންސް އެންޓި މިސައިލް ޑީއައިއާރުސީއެމް ސިސްޓަމް ވެސް ހެލިކޮޕްޓަރުތަކުގައި ހިމެނޭނެ ކަމަށް އައިޑީއެފް އިން ބުނެއެވެ. އެގޮތުން 12 ހެލިކޮޕްޓަރު ޔަހޫދީ އަސްކަރިއްޔާ އަށް އިތުރު ކުރާނެ ކަމަށް ނަތަންޔާހޫގެ ސަރުކާރުން ބުންޏެވެ. މި ޑީލްގެ އަގަކީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރެވެ.

ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނީ މި ޑީލުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ދުނިޔޭގެ އެންމެ ކޮލިޓީ ހަނގުރާމަމަތީ ހެލިކޮޕްޓަރުތައް ހުންނާނީ އިސްރާއީލުގައެވެ.