މާލެ ހިޔާ ފްލެޓަކުން އުމުރުން ދުވަސްވީ މީހަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފި އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އުމުރުން ދުވަސްވީ އެ މީހާ ވެއްޓިފައިވަނީ މާލެ ހިޔާ އެކެއްގެ ފަސްވަނަ ފަންގިފިލާއިން ކަމަށެވެ. މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:50 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
މާލެ ހިޔާ ފްލެޓުން ވެއްޓިގެން ފަރުވާދެމުން އަންނަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް އަންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުންނެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.









