Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޗައިނާގެ އައު އަހަރުގެ ބާއްޖަވެރި ރަމްޒަކަށް "ޑްރާކޯ މަލްފޯއީ" ވެއްޖެ

ޗައިނާގެ އައު އަހަރުގެ ބާއްޖަވެރި ރަމްޒަކަށް "ޑްރާކޯ މަލްފޯއީ" ވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
126 ދުވަސް ކުރިން - 4 ފެބްރުއަރީ 2026 22:49
"ޑްރާކޯ މަލްފޯއީ"
"ޑްރާކޯ މަލްފޯއީ"
ޚުލާސާ

މަލްފޯއީގެ މި މަގުބޫލުކަން އެކްޓަރު ޓޮމް ފެލްޓަންގެ ސަމާލުކަމަށް އައުމުން އެނާ ވަނީ ޗައިނާގެ އައު އަހަރުގެ ރަމްޒަކަށް އޭނާގެ ކެރެކްޓަރު ވެގެންދިޔަ ހަބަރު އިންސްޓަގްރާމްގައި ހިއްސާކޮށްފައި.

ޗައިނާގައި މިހާރު ފާހަގަކުރަމުންދާ "ލޫނާ ނިއު އިޔާ" ނުވަތަ ޗައިނާގެ އައު އަހަރުގެ ހަރަކާތްތަކުގެ ތެރެއިން، އެންމެން ހައިރާންކުރުވި އައު ރަމްޒެއްގެ ގޮތުގައި ހެރީ ޕޮޓާގެ ފިލްމުތަކުން ފެނިގެންދާ ޑްރާކޯ މަލްފޯއީ މަގުބޫލުވެއްޖެ އެވެ.

ހެރީ ޕޮޓާ ސިލްސިލާގައި ޑްރާކޯ މަލްފޯއީގެ ރޯލުން ފެނިގެންދާ އެކްޓަރު ޓޮމް ފެލްޓަންގެ ސޫރަ، މިހާރު ޗައިނާގެ ގިނަ ގޭބިސީތަކުން ފެންނަމުންދާއިރު، އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުގައި އޭނާގެ މޫނު ހިމަނައިގެން ތައްޔާރުކޮށްފައިވާ އައު އަހަރުގެ ޒީނަތްތެރިކުރުމުގެ ސާމާނުތައް ދަނީ ވަރަށް ބޮޑަށް ވިކެމުންނެވެ.

މަލްފޯއީއަށް މިފަދަ ބޮޑު މަގުބޫލުކަމެއް ކުއްލިއަކަށް ލިބުނު ސަބަބަކީ، އޭނާގެ ނަން ކަމަށްވާ "މަލްފޯއީ" ޗައިނާ ބަހަށް ތަރުޖަމާކުރުމުން ކިޔާ ގޮތް ކަމަށްވާ "މާ-އެރްފޫ"ކަމަށް ވާތީއެވެ. މި ނަމުގައި ހިމެނޭ ބަސްތަކުން "އަސް" އަދި "ބާއްޖަވެރިކަން" ނުވަތަ "ނަސީބު" މި މާނަ ދޭހަވެއެވެ. އެހެންކަމުން މިއީ ވަރަށް ބޮޑު ނަސީބެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި އެ ގައުމުގެ މީހުން ގަބޫލުކުރެ އެވެ.

Advertisement

Advertisement 1

މިކަމާ ގުޅިގެން ޗައިނާގެ މަޝްހޫރު އީ-ކޮމާސް ސައިޓެއް ކަމަށްވާ "ޓާއޯބާއޯ"އިން މަލްފޯއީގެ ފޮޓޯ ހިމެނޭ ސްޓިކާތަކާއި މެގްނެޓް ފަދަ ތަކެތި ވިއްކަން ފަށާފައިވެއެވެ.

މަލްފޯއީގެ މި މަގުބޫލުކަން އެކްޓަރު ޓޮމް ފެލްޓަންގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ. އޭނާ ވަނީ ޗައިނާގެ އައު އަހަރުގެ ރަމްޒަކަށް އޭނާގެ ކެރެކްޓަރު ވެގެންދިޔަ ހަބަރު އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. މިކަމުގެ ސަބަބުން ޗައިނާގެ ސޯޝަލް މީޑިއާގައި ފޭނުންގެ ފޯރި އިތުރަށް ގަދަވެފައިވެ އެވެ.

ހެރީ ޕޮޓާ ސިލްސިލާއަށް ޗައިނާގައި އޮތް ބޮޑު ތަރުހީބުގެ ސަބަބުން، "ވޯނާ ބްރަދާސް ޑިސްކަވަރީ" އިން ވަނީ 2027 ވަނަ އަހަރު ޝަންހާއީގައި ހެރީ ޕޮޓާގެ އެންމެ ބޮޑު ސްޓޫޑިއޯ ޓުއާ ހުޅުވުމަށް ވެސް ނިންމާފަ އެވެ. އެ ގައުމުގައި މި ސިލްސިލާގެ ފުރަތަމަ ފިލްމު 2020 ވަނަ އަހަރު އަލުން އެޅުވުމުން ވެސް އެންމެ ތިން ދުވަހުގެ ތެރޭގައި 90 މިލިއަން ޔުއާންގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ޗައިނާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

6 ދުވަސް ކުރިން - 23:06

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި އެހެން ގައުމުތަކަށް ގޮންޖެހުން!

13 ދުވަސް ކުރިން - 17:08

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

13 ދުވަސް ކުރިން - 11:09

އެންވީޑިއާގެ 200 ބިލިއަން ޑޮލަރުގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ ކަމަށް ސީއީއޯ ވިދާޅުވެއްޖެ

އެންވީޑިއާގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ

18 ދުވަސް ކުރިން - 23:16

ޗައިނާގައި ބާރުގަދަ ގޭސް ގޮވުމެއް ހިނގައި 90 މީހުން މަރުވެއްޖެ

ޗައިނާގެ ގޭސް ގޮވުމެއް ހިނގައި 90 މަރު!

18 ދުވަސް ކުރިން - 13:09

ޗައިނާގައި ފެންބޮޑުވެ ގިނަބަޔކު މަރުވެ، ގެއްލިއްޖެ

ޗައިނާގައި ފެންބޮޑުވެ ގިނަބަޔކު މަރުވެ، ގެއްލިއްޖެ

21 ދުވަސް ކުރިން - 10:29