Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ 29 ސްކޫލެއްގައި އާ އިމާރަތް އެޅުމަށް ހަވާލުކޮށްފި

ރާއްޖޭގެ 29 ސްކޫލެއްގައި އާ އިމާރަތް އެޅުމަށް ހަވާލުކޮށްފި

ހައްވާ މިރުފާ
160 ދުވަސް ކުރިން - 5 ފެބްރުއަރީ 2026 15:00
ރ. އަތޮޅު މީދޫ ސްކޫލް---ފޮޓޯ:ރ.މީދޫ ސްކޫލް
ރ. އަތޮޅު މީދޫ ސްކޫލް---ފޮޓޯ:ރ.މީދޫ ސްކޫލް
ޚުލާސާ

ރާއްޖެގެ 29 ރަށެއްގެ ސްކޫލްތަކުގައި އާ އިމާރަތްތައް ގާއިމު ކުރުމުން، އެސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އިތުރަށް ހަރުދަނާ ވާނެ

ރާއްޖޭގެ 29 ސްކޫލެއްގައި އިތުރު އިމާރާތައް އެޅުމުގެ މަސައްކަތް ތިން ކުންފުންޏަކާއި މިހާރު ހަވާލު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ 29 ސްކޫލެއްގައި އަލަށް ހަދާ އިމާރަތްތަކުގެ މަސައްކަތް ހަވާލު ކޮށްފައިވާ ތިން ކުންފުންޏަކީ އެމްޓީސީސީ އާއި އެފްޑީސީ އަދި އާރުޑީސީ ކަމަށެވެ.

އެކުންފުނިތަކާއި އެކު އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއި ކުރީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލް ލަތީފް މުހައްމަދު އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސާ ހަސަން ރިފައީ ބުޝްރީ އެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު އެވެ. އޭގެ އިތުރުން އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.

Advertisement

Advertisement 1

އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ 29 ޕްރޮޖެކްޓުތަކާ އެކު ރާއްޖޭގައި 115 ކުލާސް ރުމާއި 19 މަލްޓި ޕާޕޯސް ހޯލްގެ އިތުރުން 219 އެޑިއުކޭޝަން ފެސިލިޓީ ގާއިމު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައިވާ 29 ޕްރޮޖެކްޓްގެ ތެރެއިން، އެފްޑީސީން ހަވާލުވެފައި ވަނީ 18 ޕްރޮޖެކްޓަކާ އެވެ. ހަ ޕްރޮޖެކްޓާ ހަވާލުވެފައި ވަނީ އާރުޑީސީ އެވެ. އަދި ހަތަރު ޕްރޮޖެކްޓާއި ހަވާލުވީ އެމްޓީސީސީ އެވެ.

އެފްޑީސީ ހަވާލުވެފައިވާ ޕްރޮޖެކްޓުތައް:

ކޮނޑޭ ސްކޫލް، ފިއްލަދޫ ސްކޫލް، މުރައިދޫ ސްކޫލް، ރަސްމާދޫ ސްކޫލް، ކިނޮޅަހު ސްކޫލް

ގއ. މާމެންދޫ ސްކޫލް، ޝަހީދު އަލިތަކުރުފާނު ސްކޫލް، ވަށަފަރު ސްކޫލް، މަޑުއްވަރީ ސްކޫލް

ވާދޫ ސްކޫލް، އަންގޮޅިތީމު ސްކޫލް، ރިންބޫދޫ ސްކޫލް، ހުޅުދެލި ސްކޫލް ދާންދޫ ސްކޫލް

ގެމަނަފުށި ސްކޫލް، ނަޑެއްލާ ސްކޫލް، މަޑަވެލި ސްކޫލް، ސުލްތާން މުހައްމަދު ސްކޫލް، ރަތަފަންދޫ ސްކޫލް

އާރުޑީސީ ހަވާލުވެފައިވާ ޕްރޮޖެކްޓުތައް:

އުލިގަމު ސްކޫލް، އިހަވަންދޫ ސްކޫލް، ހުޅުދުއްފާރު ސްކޫލް،

ރ. އަތޮޅު ތައުލީމް މަރުކަޒު، ގާފަރު ސްކޫލް، ގުރައިދޫ ސްކޫލް

އެމްޓީސީސީ ހަވާލު ވެފައިވާ ޕްރޮޖެކްޓުތަކަކީ:

އިންނަމާދޫ ސްކޫލް، ފިޔޯރީ ސްކޫލް، ށ. ފޭދޫ ސްކޫލް، ފ. ދަރަނބޫދޫ ސްކޫލް

މި 29 ސްކޫލެއްގައި އިތުރު އިމާރާތައް އެޅުމުގެ މަސައްކަތުގެ ތެރެއިން އެކި ސްކޫލްތަކުގައި ނިންމުމަށް ހަމަ ޖެހިފައި ވަނީ އެކި މަސައްކަތްތަކެވެ. އެގޮތުން ބައެއް ސްކޫލްތަކުގައި:

  1. މަލްޓި ޕާޕޯސް ހޯލް
  2. އާ ކުލާސް ރޫމްތައް
  3. ސްޓާފް ރޫމް
  4. ލައިބުރޭރީ
  5. ކޮމްޕިއުޓާ ލެބް
  6. ފާހަނާ
  7. ސެން ކުލާސް ރޫމް
  8. އިމާރާތައް ގެނެވޭ ބަދަލުތައް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްސްކޫލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

91 ދުވަސް ކުރިން - 19:47

ރޯވި ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުމެއް ނުހުއްޓޭނެ އެޑިއުކޭޝަން މިނިސްޓަރު

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

103 ދުވަސް ކުރިން - 14:03

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

110 ދުވަސް ކުރިން - 20:09

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

138 ދުވަސް ކުރިން - 13:49

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

149 ދުވަސް ކުރިން - 10:17

އިސްލާމް ދީން އުގެނުން އޮތީ އެންމެ ބަހަކުން އެކަނިތަ؟

އިސްލާމްދީން އުގެނުން އޮތީ އެންމެ ބަހަކުން އެކަނިތަ؟

154 ދުވަސް ކުރިން - 09:05