ސީއެޗްއެސްއީ އާ އިމާރަތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހައްވާ މިރުފާ | 8 ގަޑިއިރު ކުރިން - 4 ފެބްރުއަރީ 2026 19:24
ސީއެޗްއެސްއީ މާލޭގައި، އާ އިމާރަތް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
ސީއެޗްއެސްއީ މާލޭގައި، އާ އިމާރަތް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
ޚުލާސާ

އެނެކްސް އިމާރާތާ އެކު މާލެ ސީއެޗްއެސީގެ ޖާގަ އިތުރަ ތަނަވަސްވެ، ގިނަ ދަރިވަރުންނަށް މަތީ ސަނަވީ ކިޔެވުމަށް ފުރުސަތު އިތުރު ވާނެ

މާލޭގައި އިމާރާތްކުރާ ސީއެޗްއެސްއީ އެނެކްސް އިމާރަތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ސީއެޗްއެސްއީ އެނެކްސް އިމާރާތަކީ އެ ސްކޫލަށް އިތުރު ޖާގަ ހޯދުމަށް ޓަކައި މިހާރުގެ އިމާރާތާ ޖެހިގެން ހަދާ އިތުރު އިމާރާތެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސީއެޗްއެސްއީ އެނެކްސް އިމާރާތުގެ މަސައްކަތް ހަވާލު ކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. ސީއެޗްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު، އަހުލަމް ރުޝްދީ އެވެ.

Ad

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އެ އިމާރާތަކީ 15 ކުލާސް ރޫމް ހިމެނޭ، ހަތް ފަންގިފިލާގެ އިމާރާތެއް ކަމަށެވެ. ހަމައެއާ އެކު އެއިމާރާތުގައި ހަތަރު ސައިންސް ލެބާއި ސްޓާފް ރޫމްތައް ހުންނާނެ ކަމަށާއި ލީޑިން ޓީޗަރު ރޫމާއި އެޑްމިން އޮފީހުގެ އިތުރުން ޕާކިން އެއްވެސް އެނެކްސް އިމާރާތުގައި ހުންނާނެ ކަމަށެވެ. އޭގެ އިތުރުން އެ އިމާރާތުގެ ހުރިހާ ފްލޯއަކަށް އެރޭ ގޮތަށް ތިން ލިފްޓު ވެސް ހަރުކުރެވޭނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ އެނެކްސް އިމާރަތް ބިނާ ކުރުމުގެ މި މަޝްރޫއަކީ މަތީ ސާނަވީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ކިޔަވައިދިނުމުގެ ޖާގަ އިތުރުކުރުމަށް ޓަކައި ކުރިއަށް ގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ.


Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%