Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޯދަ އިނާޔަތް ދޭނީ މިމަހުގެ 12 ގައި

ރޯދަ އިނާޔަތް ދޭނީ މިމަހުގެ 12 ގައި

މުހައްމަދު ޖަމްޝަތު
224 ދުވަސް ކުރިން - 4 ފެބްރުއަރީ 2026 10:40
ފިނޭންސް މިނިސްޓްރީ. މި އަހަރުގެ ރޯދަ ބޯނަސް މި މަހުގެ 12 އިގަ ލިބޭނެ ކަމަށް މިނިސްޓްރީން ބުނޭ----
ފިނޭންސް މިނިސްޓްރީ. މި އަހަރުގެ ރޯދަ ބޯނަސް މި މަހުގެ 12 އިގަ ލިބޭނެ ކަމަށް މިނިސްޓްރީން ބުނޭ----
ޚުލާސާ

ރަމަޟާން މަސް ފެށުމުގެ ގާތްގަނޑަކަށް ހަފްތާއެއް ކުރިން މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ލިބިގެންދާނެ

މި އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ސަރުކާރުގެ އޮފީސްތަކުން މިމަހުގެ 12 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގެ މުނާސަބަތުގައި މުވައްޒަފުންނަށް ދެވޭ ހާއްސަ އިނާޔަތެކެވެ.

ފިނޭންސް މިނިސްޓްރީން ވަނީ 1447ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތު ފައިސާ ސަރުކާރުގެ އޮފީސްތަކުން ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް މާލިއްޔަތާބެހޭ ސާކިއުލާއެއް މިހާރު އާންމުކޮށްފަ އެވެ.

Advertisement

Advertisement 1

އެ ސާކިއުލާގައިވާ ގޮތުން، މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށް ވަނީ އަންގާފަ އެވެ. އަދި އިތުރަށް ވަޒީފާ އަދާކުރާ އެހެން އެއްވެސް އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް އެ މިނިސްޓްރީން ވަނީ އިރުޝާދު ދީފަ އެވެ.

ސާކިއުލާގައި ވާގޮތުން ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭގޮތަށް "ޕޭ ލީވް" އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެ އެވެ. ނަމަވެސް، މިފަދަ ލީވް އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ހިދުމަތަކަށް ނިކުމެއްޖެނަމަ، އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދެވޭނެ އެވެ.

އިނާޔަތުގެ ފައިސާ ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް މުވައްޒަފުންގެ މައުލޫމާތު އަޕްލޯޑްކޮށް ޕޯސްޓުކުރުމަށް ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގާފަ އެވެ. މިއީ ކަނޑައެޅިފައިވާ ތާރީހަށް ފައިސާ ޖަމާކޮށްދިނުމަށްޓަކައި އެޅި ފިޔަވަޅެކެވެ.

ކަލަންޑަރުގައިވާގޮތުން 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ މިމަހުގެ 18 ވާ ބުދަ ދުވަހު އެވެ. އެހެންކަމުން، ރަމަޟާން މަސް ފެށުމުގެ ގާތްގަނޑަކަށް ހަފްތާއެއް ކުރިން މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ލިބިގެންދާނެ އެވެ.

ރޯދަމަސް 2026މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

14 ދުވަސް ކުރިން - 19:00

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

29 ދުވަސް ކުރިން - 11:13

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

29 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

30 ދުވަސް ކުރިން - 21:15

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

56 ދުވަސް ކުރިން - 20:36

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރައިފި

56 ދުވަސް ކުރިން - 18:41