ދުބާއީގެ ވަލީއަހުދު ކަމަށް ހެދިގެން އޮޅުވާލައި ބޮޑެތި އަދަދުތަކުން ފައިސާ ހޯދި ނައިޖީރިއާގެ މަކަރުވެރިޔަކު ފަޅާއަރުވާލައިފި

އައިޝަތު ރުވާ ރިފްޢަތު | 8 ގަޑިއިރު ކުރިން - 3 ފެބްރުއަރީ 2026 21:33
މީނައަކީ ލޯބީގެ މަޅީގައި ޖެއްސުމާއި އިންވެސްޓްމަންޓްގެ ނަމުގައި މަކަރު ހެދުމަށް ވަރަށް ބޮޑަށް ތަޖުރިބާކާރެއް---
މީނައަކީ ލޯބީގެ މަޅީގައި ޖެއްސުމާއި އިންވެސްޓްމަންޓްގެ ނަމުގައި މަކަރު ހެދުމަށް ވަރަށް ބޮޑަށް ތަޖުރިބާކާރެއް---
ޚުލާސާ

މި ހުރިހާ މުއްސަނދިކަމަކީ އޮންލައިންކޮށް އެކި މީހުންނަށް އޮޅުވާލައިގެން ހޯދާފައިވާ ފައިސާކަން ތަހުގީގުން ވަނީ ކަށަވަރުވެފައި.

ދުބާއީގެ ވަލީއަހުދުގެ ފޭކު އައިޑެންޓިޓީއެއް ބޭނުންކޮށްގެން، އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުންދިޔަ ނައިޖީރިއާގެ މަކަރުވެރިއަކު "އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގް ޕްރޮޖެކްޓް (އޯސީސީއާރްޕީ)" އިން ކުރިއަށްގެންދިޔަ ތަހުގީގެއްގައި ފަޅާއަރުވާލައިފި އެވެ.

މި މައްސަލަ ފެންމަތިވީ ރޫމޭނިޔާގެ އަންހެން ވިޔަފާވެރިއަކަށް އަމާޒުކޮށް ހިންގި ބޮޑު ސްކޭމެއްގެ ތެރެއިންނެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފައުންޑޭޝަނެއްގައި 200 މިލިއަން ޕައުންޑް އިންވެސްޓްކުރުމަށް އެހީތެރިވެދޭ ކަމަށް ހީކޮށް، އެ އަންހެން މީހާ ވަނީ އެކި ފަހަރުމަތިން 2.5 މިލިއަން ޑޮލަރު އެ މަކަރުވެރިޔާއަށް ފޮނުވާފަ އެވެ. ނަމަވެސް، އޯއޯސީސީއާރްޕީ ގެ ތަހުގީގުން ފަހުން އެނގުނު ގޮތުގައި މިއީ ނައިޖީރިއާގެ ފިރިހެނަކު ހިންގި ވަރަށް ބޮޑު ޖަރީމާއެކެވެ. އޭނާއަކީ ލޯބީގެ މަޅީގައި ޖެއްސުމާއި އިންވެސްޓްމަންޓްގެ ނަމުގައި މަކަރު ހެދުމަށް ވަރަށް ކުޅަދާނަ މީހެކެވެ.

Ad

މި މަކަރުވެރިޔާ އޭނާގެ މަޅީގައި މީހުން ޖެއްސުމަށްޓަކައި ލިންކްޑްއިން ފަދަ ޕްރޮފެޝަނަލް ޕްލެޓްފޯމްތަކާއި، ވަރަށް އިތުބާރު ހުރި ގޮތަކަށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް އައިޑެންޓިޓީތައް ބޭނުންކޮށްފައިވެ އެވެ. އޯސީސީއާރްޕީ ގެ އިންވެސްޓިގޭޓަރުން އޭނާ ދޫކޮށްލާފައިވާ ކުދިކުދި ޑިޖިޓަލް ނިޝާންތަކުގެ ފަސްފަހަތުން ގޮސް ހޯދި ހޯދުމުން، އޭނާ ދިރިއުޅެމުންދަނީ ނައިޖީރިއާގެ އަބޫޖާގައި ހުރި ވަރަށް އަގުބޮޑު ލަގްޒަރީ ގަނޑުވަރެއްގައިކަން ވަނީ ހާމަވެފަ އެވެ. މި ހުރިހާ މުއްސަނދިކަމަކީ އޮންލައިންކޮށް އެކި މީހުންނަށް އޮޅުވާލައިގެން ހޯދާފައިވާ ފައިސާކަންވެސް ތަހުގީގުން ވަނީ ކަށަވަރުވެފަ އެވެ.

މި ޖަރީމާއަކީ ބަޔަކު ގުޅިގެން ހިންގާ ބޮޑު ނެޓްވޯކެއްގެ މަސައްކަތެއް ކަމަށް ތަހުގީގީ ރިޕޯޓުގައި ބުނެފައިވެ އެވެ. މި ނެޓްވޯކުގައި ފޭކު އައިޑެންޓިޓީތައް ހެދުމާއި ފައިސާ ދައުރުކުރުމުގައި އެހީތެރިވާ ބައިވެރިން ހިމެނެ އެވެ. މި ބޮޑު ސްކޭމް ފަޅާއަރަން ދިމާވީ އެ ނެޓްވޯކްގެ ބައެއް ބައިވެރިން އޭނާއާ ދެކޮޅުވެ، ބައެއް މުހިންމު މައުލޫމާތުތައް ތަހުގީގީ އިދާރާތަކަށް ހިއްސާކުރުމާ ގުޅިގެންނެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%