Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެންމެ ގިނަ ސްކޭމް ހިންގަނީ އޮންލައިން ވިޔަފާރިއާއި ފައިސާ ބަދަލުކުރުމުގެ މުއާމަލާތްތަކުން: ފުލުހުން

އެންމެ ގިނަ ސްކޭމް ހިންގަނީ އޮންލައިން ވިޔަފާރިއާއި ފައިސާ ބަދަލުކުރުމުގެ މުއާމަލާތްތަކުން: ފުލުހުން

ފާތިމަތު އަނަން މުހައްމަދު
12 ގަޑިއިރު ކުރިން - 24 ސެޕްޓެންބަރު 2026 16:20
ޓްރެފިކް ޕޮލިހެއް މަގުމަތީގައި. / ފޮޓޯ: ޚުލާސާ
ޓްރެފިކް ޕޮލިހެއް މަގުމަތީގައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

އޮންލައިންކޮށް މުދާ ނުވަތަ ހިދުމަތް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތަކުގެ 821 މައްސަލަ ހުށަހެޅިފައިވޭ. ރިސޯޓުތަކާއި ހޮޓާތަކަށް އަމާޒުކޮށްގެން ހިންގާ 'ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް' ފަދަ އައު އުކުޅުތައް ބޭނުންކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ.

ދިވެހިރާއްޖޭގައި މަކަރާއި ހީލާތުން ހިންގާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވަމުންދަނީ އޮންލައިން ވިޔަފާރިއާއި ކަރެންސީ އެކްސްޗޭންޖް ކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

އެގޮތުން، ސްކޭމްގެ އެކި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތައް މެދުވެރިކޮށް ހިންގާ މަކަރާއި ހީލާތުގެ މައްސަލަތަކެވެ. ޖުމްލަ 1,500 އަށްވުރެ ގިނަ އީ-ކޮމާސް މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 821 މައްސަލައަކީ ސީދާ އޮންލައިންކޮށް މުދާ ނުވަތަ ހިދުމަތް ހޯދުމުގެ ނަމުގައި ފައިސާ ފޭރިގަނެފައިވާ މައްސަލަތަކެވެ. އާންމުކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި މާކެޓްޕްލޭސްތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކުގައި މިފަދަ ކަންކަން ހިނގާ މިންވަރު އިތުރުވުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

މި ލިސްޓުގެ ދެވަނައަށް އެންމެ ގިނައީ ކަރެންސީ އެކްސްޗޭންޖް ކުރުމުގެ ނަމުގައި ހިންގާ ސްކޭމްތަކެވެ. މިފަދަ 244 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، ފައިސާ ބަދަލުކުރުމުގެ މުއާމަލާތް ކުރުމުގައި ރައްޔިތުން ނުދަންނަ ފަރާތްތަކަށް އިތުބާރުކޮށް ފައިސާ ފޮނުވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ގެއްލުމާ ކުރިމަތިލާންޖެހިފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ދާދި ފަހަކަށް އައިސް މުޅިން އާ ބާވަތެއްގެ ސްކޭމެއް ތައާރަފުވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ. އެއީ ރިސޯޓުތަކާއި، ހޮޓާތަކާއި އަދި ކުއްޔަށް ތަންތަން ދޫކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ 'ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް' އެވެ. މި ސްކޭމްގައި ބުކިންއެއް ހެދުމަށް ފަހު، ބުކިން ކެންސަލްކޮށް ފައިސާ އަނބުރާ ދިނުމަށް އެދި ފޭކް ބޭންކް ސްލިޕް ފޮނުވައިގެން ވިޔަފާރިވެރިން އަތުން ފައިސާ ހޯދައެވެ. 

މިފަދަ އައު އުކުޅުތަކުން ސަލާމަތްވުމަށްޓަކައި އޮންލައިން މުޢާމަލާތްތައް ކުރުމުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލަނބައި، އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސްކޭމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިން މިނިސްޓްރީގައި އަލިފާން ރޯވި ހާދިސާ ދެނެގަތުމަށް އެންމެ ބޮޑު ހުރަހަކަށްވީ ކަރަންޓު ވަޔަރިންގެ މަސައްކަތްކޮށްފައިވާ ގޮތް: ޕޮލިސް

"ރޯވި ސަރަހައްދު ދެނެގަތުމަށް އެންމެ ބޮޑު ހުރަހަކަށްވީ ކަރަންޓު ވަޔަރިންގ"

7 ގަޑިއިރު ކުރިން - 20:51

ސްކޭމް ނެޓްވޯކްތައް ނައްތާލަން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރަނީ

ސްކޭމް ނެޓްވޯކްތައް ނައްތާލަން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރަނީ

12 ގަޑިއިރު ކުރިން - 16:22

ސްކޭމް ހުއްޓުވުމުގައި ރާއްޖޭގެ ނަތީޖާއަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއް: ފުލުހުން

ސްކޭމް ހުއްޓުވުމުގައި ރާއްޖޭގެ ނަތީޖާއަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއް

12 ގަޑިއިރު ކުރިން - 16:21

ސިނަމާލެ ބްރިޖުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ބްރިޖް އެކްސިޑެންޓްގެ މައްސަލާގަ މީހަކު ހައްޔަރުކޮށްފި

17 ގަޑިއިރު ކުރިން - 10:36

ނިމުނު ހަފްތާގައި 3.5 ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމް ރިޕޯޓްކޮށްފި: އެންމެ ގިނައީ އޮންލައިން ވިޔަފާރިތަކާ ގުޅޭ މައްސަލަތައް

ނިމުނު ހަފްތާގައި 3.5 ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމް ރިޕޯޓްކޮށްފި

2 ދުވަސް ކުރިން - 13:25

އަމާން އުދަރެސް އެޕާޓްމަންޓުން 156 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި!

156 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި!

2 ދުވަސް ކުރިން - 12:15