Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑރ.ވަހީދު ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވައިފި

ޑރ.ވަހީދު ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވައިފި

މުހައްމަދު ޖަމްޝަތު
218 ދުވަސް ކުރިން - 3 ފެބްރުއަރީ 2026 16:24
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު---
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު---
ޚުލާސާ

ޑރ. ވަހީދު އިސްތިއުފާ ދެއްވާފައި މިވަނީ ޖެފްރީ އެޕްސްޓީންއާ އެކު ބޭއްވެވި ގާތް ގުޅުމުގެ މައްސަލަ ހޫނުވެފައި ވަނިކޮށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޑރ. ވަހީދުގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފަ އެވެ.

ޑރ. ވަހީދު މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ޓްރެފިކިންގެ ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލުގައި އޮއްވާ މަރުވި ޖެފްރީ އެޕްސްޓެއިންއާ އެމަނިކުފާނާ ދެމެދު އޮތް ގުޅުންތަކެއްގެ ވާހަކަ ވަނީ ފެންމަތިވެފަ އެވެ. މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކަމާބެހޭ އިދާރާތަކުން އާންމުކުރި ލިޔެކިޔުންތަކާއި ސޯޝަލް މީޑިއާގައި ލީކުވެފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، 2012 އިން 2015 އަށް ޑރ. ވަހީދާއި އެޕްސްޓެއިންއާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވެ އެވެ.

Advertisement

Advertisement 1

ލީކުވެފައިވާ އީމެއިލްތަކުގެ ތެރޭގައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވާ ކަމަށް ބުނެ ޑރ. ވަހީދު އެޕްސްޓެއިންއަށް ފޮނުއްވި މެއިލްތައް ހިމެނެ އެވެ. އެގޮތުން އެއް މެއިލްއެއްގައި ޑރ. ވަހީދު ވިދާޅުވެފައި ވަނީ، "އިންތިހާބު މިވީ ކުރިން ލަފާކުރި ވަރަށް ވުރެ މާ އުނދަގޫ ކަމަކަށް. އިންޑިއާއިން ދަނީ އިންތިހާބަށް ނުފޫޒު ފޯރުވަމުން، އަދި ނަޝީދު ފުރަތަމަ ބުރު ވަގަށް ނަގަން އެ ގައުމުން ވަނީ އެހީވެފައި،" ކަމަށެވެ.

މީގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިންތިހާބުގައި "ރަނގަޅު ފިލާވަޅެއް" ދޭނެ ކަމަށާއި، އެމަނިކުފާނު ޖެހޭނީ ރިޓަޔާ ކުރައްވައިގެން ދުރުގައި ހުންނަވަން ކަމަށްވެސް އެޕްސްޓެއިންއަށް ފޮނުއްވި މެއިލްތަކުގައި ޑރ. ވަހީދު ވިދާޅުވެފައިވެ އެވެ. އަދި 2018 ވަނަ އަހަރުގެ އިންތިހާބާ ގުޅޭގޮތުންނާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތާ ގުޅޭގޮތުންވެސް އެކި ވާހަކަތައް އެ މެއިލްތަކުގައި ހިމެނެ އެވެ.

ފެންމަތިވެފައިވާ ލިޔެކިޔުންތަކުން އިތުރަށް ހާމަވާ ގޮތުގައި، ރާއްޖޭގެ ރަށެއް ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް އެޕްސްޓެއިންއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ޑރ. ވަހީދު މަސައްކަތް ކުރެއްވި އެވެ. އަދި އެކަމާ ގުޅޭ ފީޒިބިލިޓީ ރިޕޯޓެއް ހަދައި އެޕްސްޓެއިންއާ ހިއްސާކޮށްފައިވާކަން ވެސް އެ މެއިލްތަކުން އެނގެ އެވެ.

ޖެފްރީ އެޕްސްޓެއިންއަކީ 2008 ވަނަ އަހަރުވެސް ޖިންސީ ކުށުގެ ތުހުމަތުގައި ޖަލަށްލާފައިވާ މީހަކަށްވާއިރު، ޑރ. ވަހީދު އޭނާއާ ގުޅުން ބާއްވާފައިވަނީ އެ ހާދިސާގެ ފަހުންކަން ފާހަގަކުރެވެ އެވެ.

މި މައްސަލައާ ގުޅިގެން ޑރ. ވަހީދުގެ ފަރާތްޕުޅުން އަދި ވަކި އެއްޗެއް ހާމަކުރައްވާފައެއް ނުވެ އެވެ.

ރައީސް ޑރ. ވަހީދުއެޕްސްޓެއިން ފައިލްސްރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަ

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއްމިލިއަން ރުފިޔާ ދޭން ނިންމައިފި

4 ދުވަސް ކުރިން - 13:36

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

13 ދުވަސް ކުރިން - 10:37

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

16 ދުވަސް ކުރިން - 14:18