2022 ވަނަ އަހަރި ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވި އަބްދުއް ރައޫފް އިބްރާހިމް އަނބުރާ ހައިކޯޓުގެ ބެންޗަށް ލާން ނިންމައިފިއެވެ.
ރައޫފް އިސްތިއުފާ ދެއްވި އިރު އޭނާއަށް ފުލެޓް ލިބުނު މައްސަލައެއް އޭރު ޖޭއެސްސީ އިން ބަލަމުން ދިޔައެވެ.
ފަނޑިޔާރު އަބްދުއްރައޫފް އޭރު އެ މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމެޓީން ފާސް ކުރި ކަން ފާހަގަ ކުރެވެއެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީއިން ހުޅުވާލުމުން އެ މަގާމަށް 19 ބޭފުޅަކު ކުރިމަތިލެއްވިއެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ރައޫފް އަލުން ކުރިމަތި ލެއްވީ، އެ ކޯޓުގެ ފަނށިޔާރުކަމުން ދެބޭފުޅަކު ވަކިވުމުން އެ ބެންޗަށް އިތުރު ދެބޭފުޅުން ނެގުމަށް އިޢުލާން ކުރުމާއި ގުޅިގެންނެވެ. ވަކިވި ދެބޭފުޅުންނަކީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާއަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.










