އަލުން އިތުބާރު ހޯދައިދެވޭނަމަ އެމެރިކާ އާއި އެކު ނިއުކްލިއާ މަޝްވަރާތައް އަދިވެސް ކުރެވޭނެ ކަމަށާއި، އެމެރިކާ އަށް ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވެއްޖެއެވެ
ޢަރާޤިޖީ ވިދާޅުވީ ހަނގުރާމައެއް ކުރަން ޖެހިދާނެތީވެ ކަންބޮޑު ނުވާ ކަމަށާއި، އެމެރިކާއަށް އީރާނުން އިތުބާރު ގެއްލިފައިވީ ނަމަވެސް ސަރަހައްދީ ގައުމުތަކުން މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ، މެސެޖުތައް ފޯރުކޮށްދީ އިތުބާރު އަލުން އުފެއްދުމަށް އެހީތެރިވެދޭ ކަމަށެވެ.
ސީއެންއެން އާއި ވާހަކަ ދައްކަވަމުން ޢަރާޤިޖީ ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އުފައްދާކަށް އީރާނުން މަސައްކަތް ނުކުރާ ކަމަށާއި، ނިއުކްލިއާ ހަތިޔާރު ނެތްކަން ކަށަވަރު ކުރުމަށް އިންސާފުވެރި އަދި ހަމަހަމަ އެއްބަސްވުމަކަށް އަންނަން ތައްޔާރު ކަމަށާއި، އޭގެ ބަދަލުގައި އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"… ބަދަލުގައި އަޅުގަނޑުމެން އުންމީދު ކުރަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެވޭނެ ކަމަށް،" ޢަރާޤިޖީ ވިދާޅުވިއެވެ.










