Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑުތަކުރުފާނު މަގުގެ 82 އިންސައްތަ މަސައްކަތް ނިިންމާލައިފި

ބޮޑުތަކުރުފާނު މަގުގެ 82 އިންސައްތަ މަސައްކަތް ނިިންމާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
173 ދުވަސް ކުރިން - 2 ފެބްރުއަރީ 2026 21:11
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ--- ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ--- ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މި ހަފުތާގެ ތެރޭގައި އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ބުނޭ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމި، ތާރުއެޅުމުގެ މަސައްކަތް ފެށުމާ ހަމައަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.

ބޮޑުތަކުރުފާނު މަގުގެ މަޝްރޫއާ ގުޅޭގޮތުން މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ 82 އިންސައްތަ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށާއި، މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

އެ ކުންފުނިން ބުނީ، މި ހަފުތާގެ ތެރޭގައި އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މުހިންމު ކަންކަމަށް ބަލާލާއިރު، ބިން ހިއްކުމާއި، ޝީޓް ޕައިލްކުރުމުގެ އިތުރުން ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލައިފަ އެވެ. މީގެ އިތުރުން ކޭބަލް ޖަންކްޝަންތަކާއި، ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވިފައިވާއިރު، ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ވެސް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން މަގުގެ ދުވާރު ހެދުމާއި، ކާނުތަކުގެ މަސައްކަތްތަކުގެ އިތުރުން ފެނާއި ކޭބަލް ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން ބުނީ، ތާރު އެޅުމުގެ މަސައްކަތަށް މި ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، މުޅި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް އޮތް ރަމަޞާން މަހުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ނިމުމުން މި މަގަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް ރައްކާތެރި އަދި ފެންބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލުކުރެވިފައިވާ ޒަމާނީ މަގަކަށް ވެގެންދާނެ އެވެ. މި މަޝްރޫއު ނިމުމުން މާލޭ އުތުރު ފަރާތު ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފަ އެވެ.

ބޮޑުތަކުރުފާނު މަގުއެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

20 ގަޑިއިރު ކުރިން - 20:04

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

2 ދުވަސް ކުރިން - 16:00

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

3 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

4 ދުވަސް ކުރިން - 11:30

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

7 ދުވަސް ކުރިން - 16:30

ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

8 ދުވަސް ކުރިން - 21:11