ފަލަސްތީނަށް ފުރައްސާރަ ކޮށްގެން ޔަހޫދީ އަންހެނަކު ތުރްކިޔޭ އިން ހައްޔަރުކޮށްފިއެވެ. ފަތުރުވެރިންގެ މަގުބޫލުބޫލު އިސްތަންބޫލުން ހައްޔަރުކުރީ އަވިވިޓް އަމްބަރ ނަމަކަށް ކިޔާ އިސްރާއީލު އަންހެނެއް ކަމަށާއި އޭނާ ބަންދުގައި ހުންނަތާ މިހާރު 10 ދުވަހަށް ވުރެ ގިނަ ވެއްޖެ ކަމަށް މަސްދަރު ތަކުން ބުނެއެވެ. 

ތުރްކިޔޭގެ ފުލުހުން ހުސްވި މަހުގެ 22 ވަނަ ދުވަހު އެ އަންހެން މީހާ ހައްޔަރު ކުރި އިރު، ޣައްޒާ މައްސަލައިގައި ތުރްކިޔޭ އާއި އިސްރާއީލާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ކެނޑި ވަރަށް ބޮޑަށް ހޫނު ވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ އަންހެން މީހާ ވަނީ ތަކްސިމް މައިދާނުގައި ފަލަސްތީނަށް ޖޯކު ޖަހައި ޣައްޒާ އަކީ މުސްލިމުންގެ ބިމެއް ނޫން ކަމަށާއި އެތަނަކީ އިސްރާއީލުގެ މިލްކެއް ކަމަށް ވެސް ބުނެފައެވެ.