Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިހާތަނަށް 26,000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

މިހާތަނަށް 26,000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

އައިޝަތު ރުވާ ރިފްޢަތު
172 ދުވަސް ކުރިން - 1 ފެބްރުއަރީ 2026 17:05
ސަރުކާރުން ގޭބިސީތަކަށް ބަހަމުންދާ މަސްދަޅު ކޭސްތައް/ ފޮޓޯ؛ ޚުލާސާ
ސަރުކާރުން ގޭބިސީތަކަށް ބަހަމުންދާ މަސްދަޅު ކޭސްތައް/ ފޮޓޯ؛ ޚުލާސާ
ޚުލާސާ

މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި މިހާރު ކަނޑައެޅިފައިވާ ތަންތަނުން މަސްދަޅު ކޭސް ދޫކުރަމުން ގެންދާނެ ކަމަަށް މިނިސްޓަރު ވިދާޅުވި.

ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ގޭބިސީތަކަށް ބަހަމުންދާ މަސްދަޅު ކޭސްތަކުގެ ތެރެއިން، މިހާތަނަށް 26,000 އަށްވުރެ ގިނަ ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ، ސަރުކާރުން ކޮންމެ ގޭބިސީއަކަށްވެސް ހަދިޔާ ކުރާ މަސްދަޅު ކޭސްތައް ބެހުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާއިރު، ރޭގެ ނިޔަލަށް މާލެއިން އެކަނިވެސް މުޅި ޖުމްލަ 26,739 މަސްދަޅު ކޭސް ވަނީ ދޫކޮށްފަ އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސިޓީސް މިނިސްޓަރީގެ ބެލުމުގެ ދަށުން، ކައުންސިލްތަކާއި، އެމްއެންޑީއެފް އާއި އެހެނިހެން އިދާރާތައް ގުޅިގެންނެވެ. މާލެ ސަރަހައްދުގައި މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

Advertisement

Advertisement 1

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި މިހާރު ކަނޑައެޅިފައިވާ ތަންތަނުން މަސްދަޅު ކޭސް ދޫކުރަމުން ގެންދާނެ ކަމަށެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ. ކޮންމެ ކަރަންޓް މީޓަރަކަށް ކޭހެއް ދޫކުރާއިރު، ޕޯޓަލް މެދުވެރިކޮށް ކޮންމެ ރެއަކު 300 ޓޯކަން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފްކޯއިން އުފައްދާފައިވާ މަސްދަޅު ކޭސްތައް އަތޮޅުތަކަށް ފޮނުވަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އަދި މިހާރު އުތުރުގެ ބައެއް ރަށްތަކުގައި މަސްދަޅު ކޭސް ބަހައި މުޅިން ނިންމާލާފައިވާފަ އެވެ.

ރަމަޟާން މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ، މި ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ސިޓީސް މިނިސްޓްރީ (އުވާލެވިފައި)މިނިސްޓަރ އާދަމް ޝަރީފްމިފްކޯރަމަޟާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

9 ދުވަސް ކުރިން - 16:41

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

9 ދުވަސް ކުރިން - 13:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

10 ދުވަސް ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

18 ދުވަސް ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

18 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

34 ދުވަސް ކުރިން - 16:24