Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގެމަނަފުށީ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް

ގެމަނަފުށީ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
174 ދުވަސް ކުރިން - 1 ފެބްރުއަރީ 2026 15:01
ގެމަނަފުށީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމަން ކުރަންޖެހޭ މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ގެމަނަފުށީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމަން ކުރަންޖެހޭ މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު، އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަބްދުލް މަތީން މުހައްމަދު

ގއ. ގެމަނަފުށީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމަން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އަށް ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.

ގެމަނަފުށި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 17.6 މިލިއަން ރުފިޔާއަށެވެ.

Advertisement

Advertisement 1

މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން ގެމަނަފުށީގައި ކުރިން ގާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބަކީ ހުރި މަސައްކަތްތައް ނިންމައި ނިޒާމު ޓެސްޓްކޮށް ކަމިޝަން ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން، ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ރަށުގައި މީހުން އާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން، ގޭބީސީތަކާއި ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެމްޑަބްލިއުއެސްސީގއ. ގެމަނަފުށި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

56 ދުވަސް ކުރިން - 00:39

އެމްޑަބްލިޔުއެސްސީގެ ޗެއަރމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

އެމްޑަބްލިޔުއެސްސީގެ ޗެއަރމަން ޝަމްހޫޒާ ވަކިކޮށްފި

70 ދުވަސް ކުރިން - 13:49

ޝަރުތުތަކަކާއެކު ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

94 ދުވަސް ކުރިން - 17:23

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

103 ދުވަސް ކުރިން - 12:04

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މަތީން އިސްތިއުފާ ދެއްވައިފި

ފެން ކުންފުނީގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި

104 ދުވަސް ކުރިން - 14:47

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ނަރުދަމާގެ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމަނީ

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމަނީ

161 ދުވަސް ކުރިން - 14:15