Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބިދޭސީ މީހާގެ މަރު: އެކްސްކަވޭޓަރު އޮޕަރޭޓުކުރި މީހާ ހައްޔަރުކޮށްފި

ބިދޭސީ މީހާގެ މަރު: އެކްސްކަވޭޓަރު އޮޕަރޭޓުކުރި މީހާ ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު
175 ދުވަސް ކުރިން - 1 ފެބްރުއަރީ 2026 12:15
ވެމްކޯ ތިލަފުށި ސައިޓް---
ވެމްކޯ ތިލަފުށި ސައިޓް---
ޚުލާސާ

ފުލުހުން ބުނީ އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް

ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލާގައި އެކްސްކަވޭޓަރު އޮޕަރޭޓު ކުރި މީހާ ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުން ވަނީ މިއަދު މީޑިއާ ތަކަށް ހިއްސާކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 26 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހިނގި ހާދިސާއެއްގަ އެވެ.

އެ ހާދިސާ ހިނގީ ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ކަމަށް ފުލުހުން ވަނީ ބުނަފަ އެވެ.

Advertisement

Advertisement 1

ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ. 

ކ. ތިލަފުށިވެމްކޯމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

10 ގަޑިއިރު ކުރިން - 12:47

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

8 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

9 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 10:28