އެމެރިކާ އިން މަޝްވަރާ ކުރަން ބޭނުން ނަމަ ހަމަހަމަ ކަމާއެކު ވާހަކަ ދެއްކުމަށް ތައްޔާރު ކަމަށާއި އެހެންނަމަވެސް މަޖުބޫރު ކޮށްގެން ގަދަ ބާރުން މައްސަލަތައް ހައްލު ކުރުމަށް އެމެރިކާ އާއި އެކު އީރާން ނީށީންނާނެ ކަމަށް ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ޙަކާން ފިދާންއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްވަރާ ކުރުމަށް އެދިވަޑައިގެންފައި ކަމަށާާއި، ހެޔޮ ނިޔަތުގައި ހަމަހަމަ ކަމާއި އެކު މަޝްވަރާ ކުރަން އީރާނުން މަރުޙަބާ ކިޔާ ކަމަށެވެ. ނަމަވެސް އީރާނުގެ ދިފާޢީ ކަންކަމާއި ބެހޭ ގޮތުން އެމެރިކާ އާއި އެކު މަޝްވަރާ ކުރަން ފުރުޞަތެއް ނެތް ކަމަށް ވިދާޅުވިއެވެ. ޢަރާޤިޖީ އިޝާރާރް ކުރެއްވީ ތެހެރާނަށް ޓްރަމްޕު ދީފައިވާ އިންޒާރުތަކަށެވެ. އެ ހުރިހާ ޑިމާންޑުތައް ޚާމަނާއީ ވަނީ ބޮލާލާ ޖައްސަވާފައެވެ.
އީރާނަށް ބިރު ދެއްކުމަށްޓަކައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަން ހަތިޔާރާއި އެކު އެ ސަރަޙައްދުގައި އޮތްއިރު އެމެރިކާގެ ޑެސްޓްރޯޔަރުވެސް މިހާރު އޮތީ އިސްރާއީލުގައި ބަނދަރު ކޮށްފައެވެ.









