ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލުން މިއަދު ދިން ސިލްސިލާ ވައިގެ ހަމަލާތަކުގައި 29 މީހަކު ޝަހީދު ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޔަހޫދީން ރޭ ފަތިހުއްސުރެ ޙަމަލާތައް ދޭން ފެށިއިރު ދޭތެރެދޭތެރެއިން އެކި ދިމަދިމާލަށް ދަނީ ޙަމަލާ ދެމުންނެވެ.


ރޭއްސުރެ ދެމުންދާ ޙަމަލާތަކުގެ ތެރެއިން ޣައްޒާ ސިޓީގެ ހުޅަނގު ސަރަހައްދުގެ ރިމާލް ސަރަހައްދުގައި ދިރިއުޅޭ އެޕާޓްމަންޓަކަށް ފޮނުވައިލި މިސައިލް ހަމަލާއެއްގައި ފަސް މީހުންނާއި ތިން ކުޑަކުދިންނާއި ދެ އަންހެނުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް މެޑިކަލް މަސްދަރުތަކުން ބުނެއެވެ.
ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ ހުޅަނގު އުތުރުގައި އޮންނަ އަސްދާ ސަރަހައްދުގައި ޓެންޓް ޖަހައިގެން ހިޔާވަހިކަން ހޯދަމުންދާ މީހުންނަށް އަމާޒުކޮށް ވެސް ޙަމަލާ ދިން އިރު އެތަނުން ވެސް މިއަދޖ ހަތް މީހުން ޝަހީދު ވިއެވެ. މި ޙަމަލާގައި އެ ޢާއިލާގެ އެންމެން ޝަހީދުވިއެވެ.








