Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުވައްމުލަކު ސިޓީ ކައުންސިލުން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭންކަށް ޖަމާނުކުރާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

ފުވައްމުލަކު ސިޓީ ކައުންސިލުން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭންކަށް ޖަމާނުކުރާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
217 ދުވަސް ކުރިން - 31 ޖެނުއަރީ 2026 13:17
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް---
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް---
ޚުލާސާ

ކައުންސިލްގެ އެކިވަސީލަތްތަކުން ކުއްޔާއި ފީގެ ގޮތުގައި ލިބުނު ފައިސާ ބޭންކަށް ޖަމާނުކޮށް ހުރުމާއި، ފައިސާ ބަލައިގަތުމަށްފަހު އެފައިސާގެ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުން ރިޕޯޓުގައި ފާހަގަކޮށްފައިވޭ.

ފުވައްމުލަކު ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން ލިބުނު އާމްދަނީގެ ތެރެއިން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭންކަށް ޖަމާކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ފުވައްމުލަކު ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ ފައިނޭންޝަލް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލަށް ލިބުނު ފައިސާގެ ތެރެއިން 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭންކަށް ޖަމާކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ނެތެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދު ބުނާގޮތުން، ދައުލަތުގެ އިދާރާތަކަށް ލިބޭ ފައިސާ، އެ ފައިސާ ލިބޭ ދުވަހު ނުވަތަ ބޭންކް ބަންދުވެފައިވާނަމަ ބޭންކް ހުޅުވޭ އެންމެ އަވަސް ވަގުތެއްގައި ބޭންކަށް ޖަމާކުރަންޖެހެ އެވެ. ނަމަވެސް، ފުވައްމުލަކު ސިޓީ ކައުންސިލުން މި އުސޫލާ ކަނޑައެޅިގެން ހިލާފުވެފައިވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement

Advertisement 1

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކައުންސިލްގެ އެކި ވަސީލަތްތަކުން ކުއްޔާއި ފީގެ ގޮތުގައި ލިބުނު ފައިސާ ބޭންކަށް ޖަމާނުކޮށް ހުރުމާއި، ފައިސާ ބަލައިގަތުމަށްފަހު އެ ފައިސާގެ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުން ހިމެނެ އެވެ. މީގެ އިތުރުން، ކައުންސިލްގެ މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދުތަކާއި، ބޭންކް ސްޓޭޓްމަންޓްތަކާ ދިމާނުވާކަންވެސް އޮޑިޓުން ވަނީ ދައްކާފަ އެވެ.

ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ 1,040,405 ރުފިޔާ (އައިޑީ ކާޑު އަދި ސަލާމަތީ ސެޓްފިކެޓް ފައިސާ) ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ވެސް އޮޑީޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، ސިޓީގެ މަގުބައްތި ޖެހުމަށް ހަވާލުކުރި ކުންފުންޏަކުން މަސައްކަތް ނުފަށައި އެއްބަސްވުން ބާތިލުކުރިއިރު، ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ދައުލަތަށް ނަގަންޖެހޭ 83,998 ރުފިޔާ ނުނަގައި ދޫކޮށްލާފައިވާތީ، އެކަމުގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ވަނީ ލަފާދީފަ އެވެ.

ކައުންސިލްގެ މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް "އެޓެންޑެންސް އެލަވަންސް" ދެމުންދާ މައްސަލަވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީން އެފަދަ އެލަވަންސެއް ނުދިނުމަށް އަންގާފައިވަނިކޮށް، ކައުންސިލުން ވަނީ ފެބްރުއަރީ 2025 އިން ފެށިގެން އެ އަހަރުގެ މެއި މަހުގެ ނިޔަލަށް 783,650 ރުފިޔާ މިގޮތަށް ވަނީ ދީފަ އެވެ. އޮޑިޓުން ވަނީ މި ފައިސާ އަނބުރާ ހޯދުމަށް އަންގައިފަ އެވެ.

މި މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ވަނީ، ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމަށާއި، މާލިއްޔަތު ގަވާއިދާ އެއްގޮތަށް އާމްދަނީ ފައިސާ ބޭންކަށް ޖަމާކުރުމަށް ކައުންސިލަށް ހަރުކަށި ދެއްވާފަ އެވެ. އަދި މިގޮތަށް ޖަމާނުކުރެވި ހުރި ފައިސާއަށް ވީގޮތެއް ބަލައި، އެކަމުގައި އިހުމާލުވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ވަނީ ލަފާދީފަ އެވެ.

ކައުންސިލްތަކުގެ މާލީ ނިޒާމު ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މިފަދަ ބޮޑެތި މާލީ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކައުންސިލްތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ފުރިހަމައަށް ބޯލެނބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީސްފުވައްމުލައް ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާ ކާރު ދުއްވީ ވެރިފަރާތަށް އިންޒާރުދީ، ކާރު އަތުލައިގެން

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާ ކާރު ދުއްވީ ވެރިފަރާތަށް އިންޒާރުދިނުމަށްފަހު

6 ދުވަސް ކުރިން - 02:29

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

71 ދުވަސް ކުރިން - 20:02

ފުވައްމުލަކު ޚިދުމަތްތެރި ފާރޫޤު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިއާ

ޚިދުމަތްތެރި ފާރޫޤު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިއާ

110 ދުވަސް ކުރިން - 12:37

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

184 ދުވަސް ކުރިން - 16:47

ޑްރަގް ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިހުސާނު ދެއްވައިފި

ޑްރަގް ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅުއަޅަނީ

192 ދުވަސް ކުރިން - 17:25

ސޯލާ ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތް ބެލުމަށް ވޯލްޑް ބޭންކްގެ ވަފުދެއް ދެކުނުގައި

ސޯލާ މަޝްރޫއުތައް ބެލުމަށް ވޯލްޑް ބޭންކުން ދެކުނަށް

217 ދުވަސް ކުރިން - 13:31