Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

"ބިންގާ" ޕްރޮގްރާމް ސްކޫލުތަކުގައި ފަށަން ނިންމައިފި

"ބިންގާ" ޕްރޮގްރާމް ސްކޫލުތަކުގައި ފަށަން ނިންމައިފި

ހައްވާ މިރުފާ
165 ދުވަސް ކުރިން - 30 ޖެނުއަރީ 2026 20:57
ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލް---ފޮޓޯ:ހުލާސާ
ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލް---ފޮޓޯ:ހުލާސާ
ޚުލާސާ

މި ތަރުބަވީ ޕްރޮގްރާމް ސްކޫލްތަކުގައި ފެށުމުން، އިލްމާއި ރިވެތި ސިފަތަކާއި އެކު ދިރިއުޅުމަށް ތައްޔާރުވެފައި ދަރިވަރިވަރުންތަކެއް ބިނާ ކުރެވޭނެ.

ކުރިއަށް އޮތް ދިރާސީ އަހަރަށް ދެމިގެންދާ ގޮތަށް ސްކޫލްތަކުގައި "ބިންގާ" ޕްރޮގްރާމް ފެށުމަށް ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސްކޫލަތަކަށް ނެރުން ސާކިއުލާގައި ބުނެފައިވަނީ ކުރިއަށް އޮތް ދިރާސީ އަހަރުގައި އެ މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމް "ބިންގާ"، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ކުރިއަށް ގެންދަންވާނެ ކަމަށެވެ.

ސްކޫލުތަކުގައި "ބިންގާ" ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތީމްތަކަކަށް ބަހައިލައިގެން ތަރުތީބުވާ ގޮތެއްގެ މަތީންނެވެ. އަދި އެ ޕްރޮގްރާމް ކުރިއަށް ދާނީ މުޅި އަހަރަށް ދެމިގެންދާ ގޮތެއްގެ މަތިންނެވެ. މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށް ދާނީ ސްކޫލުތަކާއި ބެލެނިވެރިންނާއި މުޅި މުޖުތަމައުގެ ބައިވެރިވުމާ އެކުގައި ކަމަށެވެ.

Advertisement

Advertisement 1

"ބިންގާ" ޕްރޮގްރާމް ކުރިއަށް ދާނެ ގޮތަކީ:

  1. ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ ތީމްއަކާއި އެއްގޮތަށް ހަރަކާތްތަކެއް.
  2. ޕްރޮގްރާމްގެ ހުރިހާ ތީމްތައް ކަނޑައެޅުމާއި، ޕްރޮގްރާމް ހިނގުމަށް ސްކޫލުތަކަށް އެހީތެރިވުމުގެ އިތުރުން ހުރިހާ އެގުންތަކެއް ސްކޫލުތަކަށް އަންގާނީ ހިނގުމަށް ޓަކައި މިނިސްޓްރީން އެކުލަވާލަފައިވާ ކޮމިޓީން.
  3. ކޮންމެ މަހަކަށް ހާއްސަ ތީމް ތައާރަފް ކުރުމަށް މިނިސްޓްރީން ޕެނަލް ޑިސްކަޝަންއެއް ނުވަތަ ތީމްއާ ގުޅޭ ބޮޑު ހަރަކާތެއް، މީޑިއާ ކެމްޕެއިނަކާއެކު މިޕްރޮގްރާމްގައި ކުރިއަށް ދާނެ.
  4. މި ޕްރޮގްރާމް ހިނގުމުގައި އެންމެ އިސްދައުރެއް ސްކޫލުގެ ފަރާތުން އަދާ ކުރާނީ ސްކޫލްގެ ޕިރިންސިޕަލް ނުވަތަ ހިނގުމާ ހަވާލުވެ ހުރި އިސްފަރާތަކުން.
  5. ދަރިވަރުން ކިޔަވާ އެކި މާއްދާތަކުގެ ތެރެއިން ތީމްއާ ގުޅޭ މައުލޫމާތު މި ޕްރޮގްރާމް ދެވޭނެ.
  6. ސްކޫލުތަކުގެ މެނޭޖްމަންޓުން ކޮންމެ މަހެއްގެ ތީމްއާ ގުޅޭ ހަރަކާތެއް ކުރިގެންދާނެ.

ސްކޫލުތަކުން ރާވާ ހަރަކާތްތަކުގެ އިތުރުން ސްކޫލުތަކުން ކޮންމެ މަހެއްގައި ވެސް މި ޕްރޮގްރާމްގެ ދަށުން ކުރަން ޖެހޭ ކަންތައްތަކަކީ:

  1. ކޮންމެ މަހަކަށް ކަނޑައަޅައިފައިވާ ތީމްއަކާ ގުޅޭ މެސެޖެއް ސްކޫލު ގޯތި ތެރޭގައި ފެންނަ ގޮތަސް ޑިސްޕުލޭ ކުރުން.
  2. ކޮންމެ މަހެއްގެ ތީމް ތައާރަފް ކުރަން ހާއްސަ އެސެމްބްލީއެއް ބޭއްވުން.
  3. ތީމްތަކާއި ބެހޭ ގޮތުން އެސެމްބްލީގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުން.
  4. ރަށު ފެންވަރުގައި ނުވަތަ ކޮމިއުނިޓީން ބައިވެރިވާ ގޮތަށް ހަރަކާތެއް ރާވައި ހިނގުން.

މިނިސްޓްރީން ބުނެފައިވަނީ މި ޕްރޮގްރާމްގެ ފުރަތަމަ ތީމްއަކީ "ޝުކުރުވެރިވުން" ކަމަށެވެ.

މިފަދަ ޕްރޮގްރާމެއްގެ މައިގަނޑު މަގްސަދަކީ ޒިންމާދާރު، ދީނަށާއި ގައުމުދެކެ ލޯބިވާ ހަރުދަނާ އިލްމުވެރި ދަރިވަރުންތަކެއް ބިނާކުރުމެވެ. ތަރުބަވީ މި ޕްރޮގްރާމްގެ ދަށުން މި ހުރިހާ ލަނޑު ދަނޑިއެއް ހާސިލް ވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްސްކޫލްސަރުކާރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

91 ދުވަސް ކުރިން - 19:47

ރޯވި ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުމެއް ނުހުއްޓޭނެ އެޑިއުކޭޝަން މިނިސްޓަރު

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

103 ދުވަސް ކުރިން - 14:03

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

110 ދުވަސް ކުރިން - 20:09

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

138 ދުވަސް ކުރިން - 13:49

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

149 ދުވަސް ކުރިން - 10:17

އިސްލާމް ދީން އުގެނުން އޮތީ އެންމެ ބަހަކުން އެކަނިތަ؟

އިސްލާމްދީން އުގެނުން އޮތީ އެންމެ ބަހަކުން އެކަނިތަ؟

154 ދުވަސް ކުރިން - 09:05