ޣައްޒާ އަށް ވަނުމަށް ޤާހިރާގައި ހުންނަ ފަލަސްތީނުގެ އެމްބަސީގައި މަދުވެގެން 30،000 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
ބޯޑަރު ބަންދު ކޮށްފައި ވާއިރު، ޔަހޫދީން ބުނީ އަންނަ ހަފްތާގައި ރަފާޙް ބޯޑަރު ހުޅުވޭނެ ކަމަށެވެ.

ޣައްޒާ ދޫކޮށް މިޞްރަށް ދިޔުމަށް ބޭނުންވެފައި ތިބި ގިނަ ޢަދެއްގެ ބަޔަކު ގޭޓު ކައިރީގައި މަޑުކޮށްލައިގެން.
އިސްރާއީލުން ބުނީ މިޞްރުން ކޮންމެ ދުވަހަކު ވެސް ފަލަސްޠީނަށް އެތެރެވާ މީހުންގެ ލިސްޓެއް ޓެލްއަވީވް ސަރުކާރާއި ޙަވާލުކުރަން ޖެހޭނެ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ބޯޑަރު ހުރަސްކޮށް ޣައްޒާ އަށް އެތެރެވާ އަދި ނުކުންނަ ކޮންމެ މީހަކުވެސް އ ޗެކު ކުރާނެ ކަމަށެވެ.










