މި ހަފްތާގައި ހުޅުވާނެ ކަމަށް ބުނި މިޞްރާއި ޣައްޒާ އާއި ދޭތެރޭގައިވާ ރަފާހް ބޯޑަރު، ހަފްތާ ނިމުނު އިރުގައި ވެސް ނުހުޅުވިއެވެ. ޔަހޫދީން ބުނީ ރަފާހު ބޯޑަރުން ހުރަސްކުރުން ދެން ހުޅުވޭނީ އަންނަ ހަފްތާގެ ކުރީކޮޅު ކަމަށެވެ.
މި ބޯޑަރު ނުހުޅުވި ހޭދަވާ ކޮންމެ ދުވަހަކީ ޣައްޒާގެ ރައްޔިތުންނަށް ގެއްލިގެންދާ 1 އަހަރުދުވައެވެ. ސަބަބަކީ މިހާރުވެސް ޣައްޒާ ރައްޔިތުން އެ ތިބީ ބޯޑަރު ނުހުޅުވޭތީ ކާނެ އެއްޗެއް، ބޯނެ އެއްޗެއް، ފިނީގައި ބޭނުންކުރާނެ ހެދުމެއް، ޖެކެޓެއް އަދި ކުޑަކުދިންގެ ކާނާ އާއި ބޭސް ވެސް ލިބޭނެ ގޮތެއް ނެތިފައެވެ.
ޒައެނިސްޓް ނުބައި ނުލަފާ ނަތަންޔާހޫގެ ސަރުކާރުން އެ ބޯޑަރު ނުހުޅުވާނެ ކަމަށް ކުރިން ބުނުމަށް ފަހު، “ބޯޑް އޮފް ޕީސް” އައުމާއި އެކު އެތަން ހުޅުވަން އެއްބަސް ވިއެވެ.
ޔަހޫދީ ދައުލަތުން ބުނީ ބޯޑަރު ހުޅުވުމަށް ވާން ޖެހޭ ތައްރީތައް އަދި ނުވެވޭ ކަމަށެވެ.
އެމެރިކާގެ ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ މިދިޔަ ބުދަ ދުވަހު އެ ބޯޑަރު ހުޅުވައިދޭނެ ކަމަށެވެ.
ޣައްޒާ ހަނގުރާމަ “ނަމެއްގައި ނިންމައިލި” އެގްރީމެންޓުގައި ވަނީ "ފުރަތަމަ 100 ދުވަހުގެ ތެރޭގައި” ބޯޑަރުގެ ހުރިހާ ހުރަސްތަކެއް ނައްތާލުމަށެވެ.









