ބައިނަލްއަޤްވާމީ ބޮޑެތި އެއާލައިންތަކުން އިސްރާއީލަށް ދަތުރުކުރުން ހުއްޓާލައިފިއެވެ.
ވަގުތޯ ގޮތުން އިސްރާއީލަށް ދަތުރުކުރުން ހުއްޓައިލި އެއާލައިންތަކުގެ ތެރޭގައި ކޭއެލްއެމް، އެއާ ފްރާންސް، ބްރިޓިޝް އެއާވޭސް، ޔުނައިޓެޑް އެއާލައިންސް، އެއާ ކެނެޑާ، ސްވިސް، އޮސްޓްރިއަން އެއާލައިންސް، ބްރަސެލްސް އެއާލައިންސް އަދި ޔޫރޯވިންގްސް ވެސް ހިމެނެއެވެ.
ރޯޔަލް ޑަޗް އެއާލައިން ކޭއެލްއެމް އިން ބުނީ، ޓެލް އަވީވް އަށް އަލުން ދަތުރު ފެށޭނީ ބަލަން ޖެހޭ ކަންކަން ބަލައި، ސެކިއުރިޓީ ޔަޤީން ވުމުންނެވެ.
ފްރާންސް-ކޭއެލްއެމް ގްރޫޕްގެ ބައެއްގެ ގޮތުގައި ހިމެނޭ އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ޓެލް އަވީވްއަށް ކުރާ ދަތުރުތައް ހުއްޓައިލީ ސަލާމަތީ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.
މި އެއާލައިންތަކުން ޓެލްއަވީވަށް އަލުން ދަތުރުތައް ފަށާނީ އީރާނާއި އެމެރިކާ އާއި ދެމެދުގައި ހިނގަމުންދާ ކަންތައްތަކަށް ބަލައި، ރައްކާތެރިކަން ކަށަވަރު ވުމުންނެވެ. އެހެންނަމަވެސް، މީގެތެރެއިން ބައެއް ފުލައިޓުތައް ދުވާލު ގަޑީގައި ޓެލްއަވީވް އަށް ދަތުރު ކުރެއެވެ. ރޭގަނޑަކު އެއްގޮތަކަށް ވެސް ނުކުރެއެވެ.









