ޔަހޫދީ ހައްދުފަހަނައަޅާފައިވާ ވަޒަންވެރީން އިސްރާއީލުގެ ސިފައިންނާއި އެކު ބުލްޑޯޒަރުތަކުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ގެތައް މިއަދު ތަޅާލައިފިއެވެ.
ޔަހޫދީން ބުނީ ބައިތުލް ޙަމް ގައި ޢިމާރާތް ކުރެވޭނީ އިސްރާއީލުން ދޫކުރާ އިމާރާތް ކުރުމުގެ ޚާއްޞަ ހުއްދައެއް ނަގައިގެން ކަމަށާއި، ގެތައް ތަޅައިލީ އެ ހުއްދަ ނުނަގައި ޢިމާރާތް ކުރުމުންނެވެ. އެ ގޮތުން އެތައް ގެއެއް މިއަދު ވެސް ތަޅައިލި ކަމަށް ވެއެވެ.
އިސްރާއީލުގެ ސިފައިން ވަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން ދިޔަ ބައެއް ތަންތަނުގެ މަސައްކަތް ހުއްޓާލުމަށް ވެސް އަމުރު ނެރެފައެވެ.
އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނާ ގޮތުގައި މި އަހަރުގެ މިވީ މުއްދަތުގައި އެކަނިވެސް ގާތްގަނޑަކަށް 538 ތަނެއް ވަނީ ތަޅާލާފައެވެ.










