Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މައްކާގައި އިސްލާމްދީން ފެތުރުއްވުމުގެ މަތިވެރި މަސައްކަތްޕުޅުގައި 13 އަހަރު

މައްކާގައި އިސްލާމްދީން ފެތުރުއްވުމުގެ މަތިވެރި މަސައްކަތްޕުޅުގައި 13 އަހަރު

އައިޝަތު ރުވާ ރިފްޢަތު
131 ދުވަސް ކުރިން - 30 ޖެނުއަރީ 2026 16:25
ރަސޫލާ މައްކާގައި ހޭދަކުރެއްވި 13 އަހަރު ދުވަހުގެ ތެރޭގައި އިސްލާމްދީން ވަރަށް ބޮޑަށް ވަނީ ފެތުރިފައި---
ރަސޫލާ މައްކާގައި ހޭދަކުރެއްވި 13 އަހަރު ދުވަހުގެ ތެރޭގައި އިސްލާމްދީން ވަރަށް ބޮޑަށް ވަނީ ފެތުރިފައި---
ޚުލާސާ

ކީރިތި ރަސޫލާ ﷺ މައްކާގައި 13 އަހަރުވަންދެން ދީނަށް ގޮވައިލައްވައި، އަނިޔާތަކަށް ކެތްތެރިވެވަޑައިގެން އިސްލާމްދީން ފަތުރަން ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި.

ކީރިތި ރަސޫލާ މުޙައްމަދު ﷺ ނަބީކަމާއި ރަސޫލުކަމުގެ ބުރަ މަސްއޫލިއްޔަތާއިގެން މައްކާގައި ހޭދަކުރެއްވި 13 އަހަރަކީ އިސްލާމީ ތާރީހުގައި ނުހަނު މުހިންމު އަދި އެހާމެ ދަތި އުނދަގޫ ދުވަސްތަކެކެވެ. މި މުއްދަތުގެ ތެރޭގައި އެކަލޭގެފާނު މައިގަނޑު ގޮތެއްގައި މަސައްކަތްޕުޅު ކުރެއްވީ މީސްތަކުން ތައުހީދުގެ މަގަށް ގޮވައިލެއްވުމަށާއި، ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް ބާރުއެޅުއްވުމަށެވެ.

އިސްލާމްދީނުގެ ދައުވަތު އެންމެ ފުރަތަމަ ފެއްޓެވީ މަދު ބަޔަކާއެކު ސިއްރިއްޔާތުގަ އެވެ. މި މަރުހަލާގައި އެންމެ ފުރަތަމަ އީމާންވީ އެކަލޭގެފާނުގެ އާއިލީ ބޭފުޅުންނާއި ގާތް ރަހުމަތްތެރިންނެވެ. އޭގެ ތެރޭގައި އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވާ ގުރައިޝް ވަންހައިގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް، ފަހުން ﷲ ގެ އަމުރުފުޅަށް މީސްތަކުންނަށް ފާޅުގައި ދައުވަތު ދެއްވަން ފެއްޓެވުމާއެކު، މައްކާގެ މުޖުތަމައުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

ނަބީކަމުގެ ކުރީކޮޅު އިސްލާމްދީން ގަބޫލުކުރި މީހުންނަށް ގުރައިޝް ވަންހައިގެ އިސްވެރިންގެ ފަރާތުން ރަހުމެއްނެތް އަނިޔާތަކާއި ގޯނާތައް ކުރިމަތިވި އެވެ. މި އަނިޔާތަކުގެ ސަބަބުން ބައެއް މުސްލިމުން ޝަހީދުވިއިރު، އެ މީހުންނަށް އަމާން މާހައުލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ހަބުޝްކަރައަށް (މިހާރުގެ އެރިތުރިއާ އަދި އިތިއޯޕިއާ) ހިޖުރަކުރުމަށް ރަސޫލާ ﷺ އަމުރުކުރެއްވި އެވެ. ހަބުޝްކަރައިގެ އިންސާފުވެރި ރަސްގެފާނު މުސްލިމުންނަށް ހިމާޔަތްދެއްވައި، އެ ގައުމުގައި އަމާންކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދެއްވި އެވެ.

Advertisement

Advertisement 1

މައްކާގައި ހުންނަވަނިކޮށް، އުމުރުފުޅުން 50 ވަނަ އަހަރަކީ ރަސޫލާ ﷺ ގެ ހަޔާތްޕުޅުގައި ކުރިމަތިވި އެންމެ ހިތާމަވެރި އަހަރެވެ. އެ އަހަރު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ތާލިބު އަވަހާރަވި އެވެ. އަބޫ ތާލިބަކީ މައިންބަފައިން ވަކިވުމަށްފަހު ރަސޫލާ ﷺ ބަލާބޮޑުކުރެއްވި، އަދި ގުރައިޝުންގެ އަނިޔާތަކުން އެކަލޭގެފާނު ދިފާއުކުރެއްވި ގަދަރުވެރި ލީޑަރެކެވެ. އަބޫ ތާލިބު އަވަހާރަވުމާއެކު މައްކާގެ މީހުންގެ އަނިޔާވެރިކަން ވަރުގަދަވެގެންދިޔަ އެވެ. ހަމަ އެ އަހަރު، އެކަލޭގެފާނުގެ އެންމެ ގާތް އެހީތެރިޔާ، އަނބިކަނބަލުން ހަދީޖަތުގެފާނުވެސް އަވަހާރަވި އެވެ. މި ދެ ބޭފުޅުން ވަކިވެދިޔުމުން އެ އަހަރު "ހިތާމައިގެ އަހަރު" ގެ ގޮތުގައި ތާރހުގައި ލިޔެވިގެންދިޔަ އެވެ.

އެހެންނަމަވެސް، މި ހުރިހާ ދަތިތަކެއްގެ ތެރޭގައިވެސް އިސްލާމްދީން ފެތުރެމުންދިޔައެވެ. ޖިބްރީލްގެފާނު މެދުވެރިކުރައްވައި މާތް ﷲ ބާވައިލެއްވި ގުރުއާނުގެ އާޔަތްތައް ރަސޫލާ ﷺ މުސްލިމުންނަށް އުނގަންނަވައިދެއްވަމުން ގެންދެވި އެވެ. މައްކާގައި ހޭދަކުރެއްވި 13 އަހަރު ނިމުމަކަށް އައިއިރު، މުސްލިމުންގެ އަދަދު އިތުރުވެ، އިސްލާމްދީނުގެ އަމާން އާ ވަޒަނެއްގެ ގޮތުގައި މަދީނާއަށް ހިޖުރަކުރުމުގެ ވަގުތު ޖެހި، ތާރީހުގެ އާ ބާބެއް ފެށިގެންދިޔަ އެވެ.

މައްކާމުހައްމަދު ރަސޫލުﷲ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

31 ދުވަސް ކުރިން - 13:27

ގެފުޅު މަތިން މީހަކު ފުންމާލައިފި

ގެފުޅު މަތިން މީހަކު ފުންމާލައިފި

164 ދުވަސް ކުރިން - 22:50

ޙައްޖާއި ޢުމްރާގައި ފޮޓޯ އާއި ވީޑިއޯ ނެގުން މަނާކޮށްފި

ދެޙަރަމުގައި ފޮޓޯ އާއި ވީޑިއޯ ނެގުން މަނާކޮށްފި

184 ދުވަސް ކުރިން - 23:41

ދުނިޔޭގެ ކޮންމެ މުސްލިމަކަށް މައްކާ އާއި މަދީނާއިން ބިން ގަނެވޭނެ ފުރުސަތު

މުސްލިމުންނަށް މައްކާ އާއި މަދީނާގެ ބިން ވިއްކަނީ

201 ދުވަސް ކުރިން - 14:26

މައްކާ ވަރަށް ހޫނު، މިއަދު 42 ޑިގްރީ

މައްކާ ވަރަށް ހޫނު، މިއަދު 42 ޑިގްރީ

370 ދުވަސް ކުރިން - 13:00

ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ހެޔޮ ދުޢާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދުޢާ ކުރައްވައިފި

370 ދުވަސް ކުރިން - 12:18