Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާލޭގައި 13،000 ޓަނުގެ ދެ ފެން ތާނގީ ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފި

މާލޭގައި 13،000 ޓަނުގެ ދެ ފެން ތާނގީ ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
132 ދުވަސް ކުރިން - 29 ޖެނުއަރީ 2026 23:12
ފެން ތާނގީ ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން. / ފޮޓޯ: އެމްޑަބްލިއުއެސްސީ
ފެން ތާނގީ ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން. / ފޮޓޯ: އެމްޑަބްލިއުއެސްސީ
ޚުލާސާ

އަލަށް ބަހައްޓާ މި ދެ ތާނގީއާއެކު ޖުމްލަ 26،000 ޓަނުގެ ފެން ރައްކާކުރުމުގެ އިތުރު ގާބިލުކަން ލިބިގެންދާނެ.

މާލޭގެ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 13،000 ޓަނުގެ ދެ ފެން ތާނގީ ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްޑަބްލިޔުއެސްސީން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ގްރައުންޑް ތައްޔާރުކުރުމާއި ފައުންޑޭޝަން އެޅުމަށް ބޭނުންވާ ޓެސްޓް ޕައިލިންގެ މަސައްކަތްތަކެވެ. މިކަމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ސައިޓަށް ގެނެސް ތައްޔާރުކުރެވިފަ އެވެ.

Advertisement

Advertisement 1

މި މަޝްރޫއާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، އަލަށް ބަހައްޓާ މި ދެ ތާނގީއާއެކު ޖުމްލަ 26،000 ޓަނުގެ ފެން ރައްކާކުރުމުގެ އިތުރު ގާބިލުކަން ލިބިގެންދާނެ ކަމަށެވެ. މިއީ މިހާރު މާލޭގައި ފެން ރައްކާކުރެވޭ މިންވަރާ އެއްވަރުގެ އަދަދެއްކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިދިޔަ އަހަރު ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކާކުރެވޭ ރާއްޖޭގެ އެންމެ ބޮޑު ފެން ތާނގީ ވަނީ ގާއިމުކޮށްފައެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު ވަނީ 22,600 ޓަނަށް އިތުރުވެފަ އެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މާލޭގައި ދުވާލެއްގެ މައްޗަށް 1,000 ޓަނުގެ ފެން އުފެއްދޭ އާ އާރުއޯ ޕްލާންޓެއްގެ ހިދުމަތްވެސް ވަނީ ދޭން ފަށާފަ އެވެ.

އެމްޑަބްލިޔުއެސްސީން އިތުރަށް ބުނީ މާލޭގައި އަލަށް ބަހައްޓާ ދެ ތާނގީގެ އިތުރުން ހުޅުމާލޭގައި ގާއިމުކުރާ 5,000 ޓަނުގެ ފެން އުފެއްދޭ ނިޒާމުގެ މަސައްކަތް ނިމި، އަންނަ މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.

މި މަޝްރޫއުތަކަކީ ސަރުކާރުން ރައްޔިތުންނަށް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކެކެވެ. މި އާރުއޯ ފެސިލިޓީތަކުގެ ސަބަބުން މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޑަބްލިއުއެސްސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑަބްލިޔުއެސްސީގެ ޗެއަރމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

އެމްޑަބްލިޔުއެސްސީގެ ޗެއަރމަން ޝަމްހޫޒާ ވަކިކޮށްފި

25 ދުވަސް ކުރިން - 13:49

ޝަރުތުތަކަކާއެކު ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

49 ދުވަސް ކުރިން - 17:23

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

58 ދުވަސް ކުރިން - 12:04

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މަތީން އިސްތިއުފާ ދެއްވައިފި

ފެން ކުންފުނީގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި

59 ދުވަސް ކުރިން - 14:47

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ނަރުދަމާގެ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމަނީ

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމަނީ

117 ދުވަސް ކުރިން - 14:15

ހުޅުމާލޭގައި އަލަށް ބެހެއްޓި ޕްލާންޓާއި އެކު ދުވާލަކު ފަސްމިލިއަން ލިޓަރުގެ ފެން ލިބޭނެ

އާ ޕްލާންޓައެކު ދުވާލަކު ފަސްމިލިއަން ލިޓަރުގެފެން ލިބޭނެ

117 ދުވަސް ކުރިން - 00:58