Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
257 ދުވަސް ކުރިން - 29 ޖެނުއަރީ 2026 23:11
މަޖީދިއްޔާ ސްކޫލް. / ފޮޓޯ: ރައީސް އޮފީސް
މަޖީދިއްޔާ ސްކޫލް. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އަމަލީ މަސައްކަތް ފެށުމަށްޓަކައި ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތް ހުސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ "ސްމާޓް ކްލާސްރޫމް"ތައް މި އިމާރާތުގައި ހިމެނޭނެ.

މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތުގެ ކުރެހުމާއި އިންޖިނިއަރިން މަސައްކަތްތައް ނިމި، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތް ހުސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިމާރާތް އަޅާ ސަރަހައްދުގައި ހިމެނޭ ޕާކިންގ ޒޯނު މިހާރު ވަނީ ޓިނު ޖަހައި ބަންދުކޮށްފަ އެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ.

މި އާ އިމާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ "ސްމާޓް ކްލާސްރޫމް"ތައް މި އިމާރާތުގައި ހިމެނުމެވެ. މީގެ އިތުރުން، މަޖީދިއްޔާ ސްކޫލުގެ ތާރީހާ ބިނާ "ދާރުލް އުލޫމް" އަކީ ތައުލީމީ ދާއިރާއާ ގުޅުންހުރި ގައުމީ ދާރުލްއާސާރެއްގެ ގޮތުގައި ތަރައްގކުރެއްވުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފަ އެވެ.

Advertisement

Advertisement 1

މާލެ ސަރަހައްދުގެ ތައުލީމީ އުމްރާނީ ތަރައްގީއާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސީއެޗްއެސްސީގެ އާ އިމާރާތުގެ މަސައްކަތް އޮތީ ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމާއި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުމާލޭގައި އައު ސްކޫލެއް އެޅުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުމާ ގުޅިގެން ބޭއްވި "ސައްތަވީ ބިނާ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ސްކޫލަށް 40 ކްލާސްރޫމްގެ އާ އިމާރާތެއް ބިނާކޮށްދެއްވާނެކަން އިއުލާން ކުރައްވާފަ އެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި އޮތް ޕާކިންގ ޒޯނުގެ ބިމުގަ އެވެ.

މަޖީދިއްޔާ ސަކޫލްމިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކީ ސްޓޭޖް ވަގުތު އިތުރުކޮށް ފޮތްތަކަށް ބަދަލު ގެންނަނީ

ކީ ސްޓޭޖް ވަގުތު އިތުރުކޮށް ފޮތްތަކަށް ބަދަލު ގެންނަނީ

31 ދުވަސް ކުރިން - 11:03

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

135 ދުވަސް ކުރިން - 17:03

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

182 ދުވަސް ކުރިން - 19:47

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

193 ދުވަސް ކުރިން - 14:03

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

228 ދުވަސް ކުރިން - 13:49

ރާއްޖޭގެ ފުރަތަަމަ ސްމާޓް ސްކޫލްގެ މަސައްކަތް ފަށަނީ

ރާއްޖޭގެ ފުރަތަަމަ ސްމާޓް ސްކޫލްގެ މަސައްކަތް ފަށަނީ

257 ދުވަސް ކުރިން - 18:29