Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އޮމާނާއެކު މަޝްވަރާކޮށްފި

ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އޮމާނާއެކު މަޝްވަރާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
222 ދުވަސް ކުރިން - 29 ޖެނުއަރީ 2026 22:18
މިނިސްޓަރު ޒަމީރު އަދި އެސްޓީއޯގެ އެމްޑީ ޝިމާދު، އޮމާންގެ ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވަނީ. / ފޮޓޯ: މިނިސްޓްރީ
މިނިސްޓަރު ޒަމީރު އަދި އެސްޓީއޯގެ އެމްޑީ ޝިމާދު، އޮމާންގެ ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވަނީ. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރެވޭނެ ގޮތްތަކާއި، އިގްތިސާދީ އެއްބާރުލުން އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އޮމާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ފިނޭންސް މިނިސްޓަރު ސުލްތާން ބިން ސާލިމް ބިން ސައީދު އަލް ހަބްސީއާ މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުންތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވަވައިފި އެވެ.

ވެރިރަށް މަސްކަޓްގައި ބޭއްވުނު މި ރަސްމީ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިން އާ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ. ހާއްސަކޮށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރެވޭނެ ގޮތްތަކާއި، އިގްތިސާދީ އެއްބާރުލުން އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ދާއިރާއަކީ ކަނޑުގެ ވަސީލަތްތަކާއި މަސްވެރިކަމުގެ ސިނާއަތެވެ. އެގޮތުން، މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށާއި، ކަނޑުދަތުރުފަތުރުގެ ހިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ވެލިއު ޗެއިން އަދި އެއާ ގުޅުންހުރި ވިޔަފާރީގެ ހަރަކާތްތަކުން ލިބެންހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަކީ ދެ ގައުމުގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން ދެފަރާތުން ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މި ދަތުރުފުޅަކީ ސަރުކާރުން އިސްލާމީ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގެ ސަބަބުން އޮމާނާއި ރާއްޖެއާ ދެމެދު އޮތް މާލީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެ އެވެ.

މިނިސްޓަރު މޫސާ ޒަމީރުމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއޮމާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

8 ދުވަސް ކުރިން - 19:00

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

22 ދުވަސް ކުރިން - 11:13

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

23 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

23 ދުވަސް ކުރިން - 21:15

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

49 ދުވަސް ކުރިން - 20:36

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރައިފި

50 ދުވަސް ކުރިން - 18:41