Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސޯޝަލް މީޑިއާ އެކައުންޓްތަކެއް ހެކްކޮށް ފޭރުނު މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާ އެކައުންޓްތަކެއް ހެކްކޮށް ފޭރުނު މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
177 ދުވަސް ކުރިން - 29 ޖެނުއަރީ 2026 18:27
މީހެއްގެ އެކައުންޓް ހެކުކޮށް ފޭރުމާ ގުޅިގެން ހައްޔަރުކުރި ތިން މީހުން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
މީހެއްގެ އެކައުންޓް ހެކުކޮށް ފޭރުމާ ގުޅިގެން ހައްޔަރުކުރި ތިން މީހުން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

މި އޮޕަރޭޝަނުގައި ގޭންގު ކްރައިމްއާއި ތިނަދޫ ސިޓީ ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވެފައިވޭ

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މުނާޒު ޖައުފަރު، ނާދީ / ސ. ހުޅުދޫ (24އ) އާއި މުހައްމަދު ނާއިޝް ނަބީލް، އަތިރީއައްސޭރި / ގދ. ގައްދޫ (24އ) އާއި ހަސަން ވިއާމް، ހާލަމް / ސ. ހިތަދޫ (19އ) އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279،600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުންނެވެ.

Advertisement

Advertisement 1

މި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ގޭންގު ކްރައިމްއާއި ތިނަދޫ ސިޓީ ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ، މުނާޒު ޖައުފަރު (24އ) 15 ދުވަހަށް، މުހައްމަދު ނާއިޝް ނަބީލް (24އ) ހަތް ދުވަހަށް އަދި ހަސަން ވިއާމް (19އ) 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރި ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުހައްމަދު އަލީ (42އ)ގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންނަކީ:

  1. މުހައްމަދު ހަސަން، ގުޑްލައިފް / ލ. އިސްދޫ (59އ)
  2. އަލީ އިރުފާނު އަހުމަދުދީދީ، އުދަ / ސ. ހިތަދޫ (26އ)
  3. އަލީ ޝިރާޒު، ނަންރީތިގެ / ސ. ހިތަދޫ (38އ)
  4. އަބްދުﷲ ނާފިޒް، ޕެރިމްރޯޒް / ހދ. ވައިކަރަދޫ (39އ)
  5. މުހައްމަދު އަލީ، ފޫހިވާގެ / ގއ. ކަނޑުހުޅުދޫ (42އ)
  6. މުހައްމަދު ނުހާދު އަލީ، މ. މާލޭގެއާގެ / މާލެ (30އ)
  7. މުހައްމަދު ސިމާދު، ޕެނަމާ / ހއ. ކެލާ (38އ)
  8. އަލީ އިމްރާން، ހީނާމާގެ / ގދ. ފިޔޯރީ (38އ)
  9. އަބްދުﷲ އިސްރާގް، ގުލްބަކާގެ / ގދ. ތިނަދޫ (19އ)
  10. މުޙައްމަދު އިބްރާހީމް، މެޑޯޒް / ކ. ހިންމަފުށި (49އ)

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުން ކަމަށެވެ. އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާއަށް މުދާ ގަނެފައިވާއިރު އަނެއް ތިން މީހުންނަކީ އެކި މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި ދިހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އިބްރާހީމް ފަސް ދުވަހަށް، މުހައްމަދު އަލީ އާއި މުހައްމަދު ހަސަން ހަތް ދުވަހަށް، އަލީ އިރުފާން އަހުމަދުދީދީ 10 ދުވަހަށް އަދި އަނެއް ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފޭރުންމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

8 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

10 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

11 ދުވަސް ކުރިން - 00:36