އިސްރާއީލުން ރެކޯޑް ޢަދަދަކަށް ގުނަވަންތަކެއް ހަދިޔާ ކޮށްފި! މިއީ ކޮންހާ ބައިވަރު ގުނަވަންތަކެއްބާ؟

ޢަބްދުﷲ ޖުނައިދު | 5 ދުވަސް ކުރިން - 29 ޖެނުއަރީ 2026 14:46
އިސްރާއީލުގެ އޮޕަރޭޝަން ތިއޭޓަރެއްގައި ޑޮކްޓަރުން ކުރަމުންދާ އޮޕަރޭޝަނެއްގެ ތެރެއިން - އިސްރާއީލުން ޣައްޒާ ރައްޔިތުންގެ ގުނަވަންތައް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރޭ
އިސްރާއީލުގެ އޮޕަރޭޝަން ތިއޭޓަރެއްގައި ޑޮކްޓަރުން ކުރަމުންދާ އޮޕަރޭޝަނެއްގެ ތެރެއިން - އިސްރާއީލުން ޣައްޒާ ރައްޔިތުންގެ ގުނަވަންތައް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރޭ
ޚުލާސާ

އިސްރާއީލުން ރެކޯޑް ޢަދަދަކަށް އިންސާނުންގެ ކިޑްނީ އާއި ހިތާއި ފުއްޕާމޭ ދީފި. ސުވާލަކީ މިއީ ކޮންތާކުން ހޯދާހާ ގުނަވަންތަކެއް؟

ބަރާބަރަށް މަސައްކަތްކުރާ އިންސާނުންގެ ގުނަވަންތަކެއް ރެކޯޑް މިންވަރަކަށް އިސްރާއީލުން ހަދިޔާ ކޮށްފިއެވެ. ތުރްކިޔޭގެ މީޑިއާއިން ކަށަވަރު ކޮށް ދިން ގޮތުގައި އެތައް ހާސް ކިޑްނީ މިހާރު ވެސް އިސްރާއީލުގެ އަންޑަރގްރައުންޑް ލެބޯޓަރީއެއްގައި ރައްކާ ކޮށްފައި އެބަހުއްޓެވެ.

ޣައްޒާ ހަނގުރާމަ ފެށިފަހުން އިސްރާއީލުން ވަނީ 1200 އަށް ވުރެ ގިނަ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ގުނަވަންތައް ދީފައެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އިސްރާއީލުން އަހަރަކު 200 މީހުންނަށް ވެސް ކިޑްނީ ފޯރުކޮށް ނުދެވޭ އިރު ޣައްޒާ ހަނގުރާމަ ފެށި ފަހުން ކުއްލިޔަކަށް އިސްރާއީލުން ފޯރުކޮށްދޭ ކިޑްނީ ތަކުގެ ޢަދަދު އިތުރުވެފައިވާ ކަމެވެ.

ހޮސްޕިޓަލެއްގެ އޮޕަރޭޝަން ތިއޭޓަެއްގައި ޑޮކްޓަރުން ފަރުވާދެނީ (ފައިލް ފޮޓޯ)

2013 އާއި ހަމަޔަށް އައި އިރު އިސްރާއީލުން ކޮންމެ އަހަރަކު އެވްރެޖްކޮށް 300 އެއްހާ ކިޑްނީ ފޯރުކޮށްދެއެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ކުއްލިޔަކަށް މި ގުނަވަންތަކުގެ ޢަދަދު އިތުރުވުމެވެ. އެއީ 2023 ވަނަ އަހަރު ޣައްޒާ އަށް އަރައި ޤަތުލުޢާންމު ހިންގުމާއި އެކުގައެވެ.

2023 ވަނަ އަހަރު އެކަނިވެސް 636 ކިޑްނީ އިސްރާއީލުން ދީފައިވާއިރު، މިދިޔަ 2025 ވަނަ އަހަރު އެ މީހުން ވަނީ 622 ކިޑްނީ ދީފައެވެ. މީގެ އިތުރުން ހިތާއި ފުއްޕާމޭ ތައް ވެސް ދީފައި ވެއެވެ.

ސުވާލަކީ މިއީ ކޮންތާކުން ހޯދާހާ ގުނަވަންތަކެއް ހެއްޔެވެ؟

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%