ތިލަފުށިން ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ތިލަފުށީގައި މަސައްކަތް ކުރާ ބިދޭސީއަކު މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެމީހާ ގެއްލިގެން އުޅޭކަން ފުލުހުންނަށް ރިޕޯޓުކުރުމުން އޭނަ ހޯދުމުގެ މަސައްކަތް ފުލުހުންވެސް އައީ ކުރަމުންނެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެެމީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ތިލަފުށިން ގެއްލިގެން ހޯދަމުން އައީ ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އެކުންފުނީގެ އޮފިޝަލަކު "ޚުލާސާ" އަށް މައުލޫމާތު ދިން ގޮތުގައި ހޯމަ ދުވަހު ޑިއުޓީއަށް ނުކުމެ ބްރީފިންގައި ބައިވެރިވުމަށްފަހު އޭނާގެ ހަބަރެއް ނުވެ އެވެ. ނަމަވެސް އެމީހާ އާ ބެހޭ އިތުރު މައުލާމާތެއް އޮފިޝަލު ނުދެއްވަ އެވެ.










