Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ކަނޑުގެ ވަސީލަތްތައް ދިރާސާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް: މިނިސްޓަރު ޝިޔާމް

ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ކަނޑުގެ ވަސީލަތްތައް ދިރާސާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް: މިނިސްޓަރު ޝިޔާމް

މުހައްމަދު ޖަމްޝަތު
174 ދުވަސް ކުރިން - 28 ޖެނުއަރީ 2026 21:44
ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމް---ފޮޓޯ: ރައީސް އޮފީސް
ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމް---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޝިޔާމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެކި ދާއިރާތަކަށް ފުޅާކޮށް، ބޭރުގެ ލޮޅުންތަކުން ސަލާމަތްވެފައިވާ ވަރުގަދަ ބިންގަލެއް އެޅުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް

ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ކަނޑުގެ ވަސީލަތްތައް ދިރާސާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ، ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިން ތެލާއި މައުދަން ހޯދުމަށް ހުއްދަ ދިނުމަކީ މުސްތަގުބަލަށް ނުވިސްނާ ނިންމާފައިވާ ނިންމުމެއް ކަމަށާއި، އޭގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަމަށް ނުރައްކާވެދާނެ ކަމަށް ޝައުނާ ވިދާޅުވުމާ ގުޅިގެންނެވެ.

ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ އިގްތިސާދު އެކި ދާއިރާތަކަށް ފުޅާކޮށް، ރާއްޖޭގައި ބޭރުގެ ލޮޅުންތަކުން ސަލަމާތްވެފައިވާ ވަރުގަދަ ބިންގަލެއް އެޅުން ކަމަށެވެ.

Advertisement

Advertisement 1

ރާއްޖެއަށް ލިބިފައިވާ ބޮޑު ކަނޑުގެ ސަރަހައްދުން މިހާތަނަށް ބޭނުން ހިފަނީ ހަމައެކަނި މަސްވެރިކަމަށްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އިތުބާރު ހުރި އިންވެސްޓަރުންނާއެކު މި ވަސީލަތްތައް ދިރާސާކުރުމަކީ ގައުމަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އަދި ތިމާވެށީގެ ގޮތުން ނާޒުކު ގައުމަކަށްވާތީ، ކޮންމެ މަޝްރޫއެއްވެސް ކުރިއަށްގެންދާނީ ތިމާވެށީގެ ދިރާސާތަކަށް ފަހު، ދެމެހެއްޓެނިވި އުސޫލުން ކަމުގެ ޔަގީންކަން ޝިޔާމް ދެއްވި އެވެ.

ޝިޔާމް ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ރާއްޖެއަކީ 'ނޫ އިގްތިސާދުގެ' މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، މެރިން ޖިއޮލޮޖީ އާއި އިންޖިނިއަރިން ފަދަ އާ ދާއިރާތަކުން ދިވެހިންނަށް ފަންނީ ވަޒީފާގެ ފުރުސަތުތައްވެސް ހުޅުވިގެންދާނެ ކަމަށެވެ.

މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި މިހާރު އޮތް ހާލަތުން ބަދަލުވެ، އާ ފުރުސަތުތައް ހޯދުން މަޖުބޫރު ކަމަށެވެ.

ރާއްޖޭގެ އެސްއީޒެޑް ތަކުގައި ކުރެވޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރޭގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތްތައް ހިމަނައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔރ ވަނީ އަ ގަރާރެއް ނެރުއްވާފަ އެވެ. މީގެ ކުރިން ރައީސް ނެރުއްވި ގަރާރުގައި އެސްއީޒެޑްގައި ކުރެވޭ ހަކަތައިގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނުއްވާފައި އޮތީ ހަމައެކަނި ގޭހުގެ މަސައްކަތްތަކެވެ.

މިނިސްޓަރު އަހްމަދު ޝިޔާމްއެސްއީޒެޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

8 ދުވަސް ކުރިން - 11:05

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

"ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް"

57 ދުވަސް ކުރިން - 14:27

އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

ޓެރިފް ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

61 ދުވަސް ކުރިން - 11:17

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

62 ދުވަސް ކުރިން - 18:18

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭ، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ޝިޔާމް

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭނެ: ޝިޔާމް

62 ދުވަސް ކުރިން - 13:05