Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޓެކްސީ އާ ގަވާއިދު؛ 50 ކާރާއެކު ސެންޓަރެއް ހެދޭނެ، ޑްރައިވަރުންނަށް 2 ސެންޓަރެއްގައި ހިދުމަތްދެވޭނެ

ޓެކްސީ އާ ގަވާއިދު؛ 50 ކާރާއެކު ސެންޓަރެއް ހެދޭނެ، ޑްރައިވަރުންނަށް 2 ސެންޓަރެއްގައި ހިދުމަތްދެވޭނެ

މުހައްމަދު ޖަމްޝަތު
126 ދުވަސް ކުރިން - 28 ޖެނުއަރީ 2026 20:11
ޓެކްސީ ސެންޓަރުތައް ހަދަން ބޭނުންވާ ކާރުގެ އަދަދު މަދުކޮށް ޓެކްސީ ގަވާއިދު މިއަދު ވަނީ އިސްލާހުކޮށްފަ---ފޮޓޯ: ޚުލާސާ
ޓެކްސީ ސެންޓަރުތައް ހަދަން ބޭނުންވާ ކާރުގެ އަދަދު މަދުކޮށް ޓެކްސީ ގަވާއިދު މިއަދު ވަނީ އިސްލާހުކޮށްފަ---ފޮޓޯ: ޚުލާސާ
ޚުލާސާ

މި ބަދަލުތަކަކީ ފަސިންޖަރުންނާއި ހިދުމަތްދޭ ފަރާތްތަކަށް ވެސް މަންފާކުރާނެ، ޒަމާނީ ޓެކްސީގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުން ކަމަށް މިނިސްޓްރީން ބުނޭ

ޓެކްސީ ސެންޓަރު ރަޖިސްޓަރީ ކުރަން ލުއިތަކެއް ދޭން ނިންމައި، ޓެކްސީ ގަވާއިދަށް ސަރުކާރުން އިތުރު އިސްލާހުތަކެއް މިއަދު ގެނެސްފި އެވެ. 

ޓެކްސީ ގަވާއިދަށް މިފަހަރު ގެނެވުނު މައިގަނޑު އެއް ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ މަދު އަދަދު 100 އިން 50 އަށް ވަނީ މަދުކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ހިދުމަތް ދޭ ފަރާތްތަކަށާއި ޑްރައިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ގެނައި ބަދަލެއް ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން އާ ސެންޓަރުތައް އުފެދުމަށް ހުރި ހުރަސްތައް ނެތިގޮސް، ގިނަ ބަޔަކަށް މި ދާއިރާއަށް ވަނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް ބުންޏެވެ.

Advertisement

Advertisement 1

މީގެ ނަތީޖާއެއްގެ ގޮތުން މާކެޓުގައި ވާދަވެރިކަން އުފެދި، އާންމުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ.

ޓެކްސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރެއިން ލައިސަންސް އޮންނަ ޓެކްސީ ޑްރައިވަރުންނަށް އެއް ވަގުތެއްގައި ދެ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން މަސައްކަތް ކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ފަހިކޮށްދީފަ އެވެ. މި ބަދަލުގެ ސަބަބުން ޑްރައިވަރުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިވާނެ ކަމަށާއި ހިދުމަތަށް އެންމެ ބާރުބޮޑުވާ ވަގުތުތަކުގައި ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް ސެންޓަރުތަކަށް އިތުރު ފަސޭހައަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މޮބައިލް އެޕްލިކޭޝަން ނުވަތަ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަންޖެހޭގޮތަށްވެސް މިހާރު ވަނީ ހަދާފަ އެވެ. މިނިސްޓްރީން ބުނީ މިއީ ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރެވި ހިދުމަތްދޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ލިބޭ ބާރެއް ކަމަށެވެ.

ހަމައެއާއެކު، ކުންފުންޏަކުން ދަތުރުފަތުރުގެ ހިދުމަތް ދޭނަމަ، އެކަމަކީ އެ ފަރާތެއްގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަން ދެން ކަށަވަރުކުރަންޖެހޭނެ އެވެ. އަދި އެފަދަ ފަރާތްތަކުންވެސް ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށް ހުއްދަ ހޯދުން ލާޒިމުވާނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހުރިހާ ބަދަލުތަކެއްގެ މައިގަނޑު އަމާޒަކީ ފަސިންޖަރުންނާއި ހިދުމަތްދޭ ފަރާތްތަކަށްވެސް މަންފާކުރާނެ، އިތުބާރު ހުރި އަދި ޒަމާނީ ޓެކްސީގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ. އަދި މި ބަދަލުތަކަކީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ހިދުމަތް ދޭ ފަރާތްތަކަށާއި ޑްރައިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ގެނެވުނު ބަދަލުތަކެއް ކަމަށްވެސް ބުންޏެވެ.

ޓެކްސީޓްރާންސްޕޯޓް

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މިނިސްޓަރު ސައީދު

“ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނަން”

40 ދުވަސް ކުރިން - 23:35

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި

ޓެކްސީލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގުނަގަން ފަށައިފި

47 ދުވަސް ކުރިން - 10:50

އުޅަނދެއް ނައްތާލައި އާ އުޅަނދެއް ރަޖިސްޓަރީކުރާނަމަ ގަރާޖުސިޓީ ހުށަހަޅަންނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކުދިވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް!

57 ދުވަސް ކުރިން - 16:30

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

61 ދުވަސް ކުރިން - 12:11

މާލެ ސަރަހައްދުގައި ގާއިމްކުރާ 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: އަމީން

މާލެސިޓީގައި 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ފަށަނީ

67 ދުވަސް ކުރިން - 22:11

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ބޭނުންވާ ކާރުތައް ރާއްޖެ ގެންނަން ފަށައިފި

ސަރުކާރުގެ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެނެސްފި

71 ދުވަސް ކުރިން - 22:06