Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑެތި ލުއިތަކާއެކު ޓެކްސީ ގަވާއިދަށް އިސްލާހު ގެނެސްފި

ބޮޑެތި ލުއިތަކާއެކު ޓެކްސީ ގަވާއިދަށް އިސްލާހު ގެނެސްފި

ހައްވާ މިރުފާ
174 ދުވަސް ކުރިން - 28 ޖެނުއަރީ 2026 20:52
މާލެ މަގުމަތީ ޓެކްސީތަކެއް.ސަރުކާރުންވަނީ ޓެކްސީ ގައިވަދަށް އިސްލާހު ގެނެސް މިއަދު އާއްމު ކޮށްފަ---ފޮޓޯ:ޚުލާސާ
މާލެ މަގުމަތީ ޓެކްސީތަކެއް.ސަރުކާރުންވަނީ ޓެކްސީ ގައިވަދަށް އިސްލާހު ގެނެސް މިއަދު އާއްމު ކޮށްފަ---ފޮޓޯ:ޚުލާސާ
ޚުލާސާ

ޓެކްސީ ގަވައިދަށް އިސްލާހު ގެނައުމުން ޓެކްސީ ޑްރައިވަރުންނަށް ބޮޑު ލުއިތަކަކާއި، އިތުރު އާމްދަނީ ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުނޭ

ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނަށް ބޮޑެތި ލުއިތަކެއް ލިބޭގޮތަށް ޓެކްސީ ގަވާއިދަށް އިސްލާހުކޮށްފި އެވެ. މިއީ މި ގަވާއިދު އިސްލާހުކުރި ފުރަތަމަ ފަހަރެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްްގައި ބުނީ މި ގެނެވުނު އިސްލާހާ އެކު ދިވެހި ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދިނުމުގައި ފުރިހަމަވާން ޖެހޭ ކަންކަމާއި ޓެކްސީ ހިދުމަތް ދިނުމުގެ އުސޫލުތައް އެ ގައިވައިދުގައި ބަޔާން ކޮށްފަވާނެ ކަމަށެވެ. އަދި ޓެކްސީ ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ވެސް ބަޔާން ކޮށްފަވާނެ ކަމަށާއި މިއަދަށް ފަހު މިގަވައިދާށް ގެނެސްފައިވާ އިސްލާހުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

ޓެކްސީ ގައިވަދަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކަކީ

Advertisement

Advertisement 1
  1. ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށްޓަކާ ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ މަދު އަދަދު 100 އިން 50 އަށް މަދުކުރުން.
  2. ލައިސަންސް އޮންނަ ޓެކްސީ ޑްރައިވަރުންނަށް އެއް ވަގުތެއްގައި ދެ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓަރީވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން
  3. ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މޯބައިލް އެޕްލިކޭޝަން ނުވަތަ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް އިސްލާހު ގަވައިދަށް އިސްލާހު ގެނައުން
  4. ކުންފުންޏަކުން ދަތުރުފަތުރުގެ ހިދުމަތް ދޭނަމަ، އެކަމަކީ އެ ފަރާތެއްގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަން ކަށަވަރުކުރަންޖެހުން. އަދި އެފަދަ ފަރާތްތަކުންވެސް ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށް ހުއްދަ ހޯދުން ލާޒިމްވާނެ

މިިނިސްޓްރީން ބުނީ މި ގަވައިދަށް އިސްލާހު ގެނެސްފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމާށާއި ހިދުމަތް ދޭ ފަރާތްތަކަށާއި ޑްރައިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.

ޓެކްސީޓްރާންސްޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ބަޔަކާ ހަވާލުކުރަނީ

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ހަވާލުކުރަނީ

6 ގަޑިއިރު ކުރިން - 10:13

ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މިނިސްޓަރު ސައީދު

“ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނަން”

88 ދުވަސް ކުރިން - 23:35

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި

ޓެކްސީލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގުނަގަން ފަށައިފި

95 ދުވަސް ކުރިން - 10:50

އުޅަނދެއް ނައްތާލައި އާ އުޅަނދެއް ރަޖިސްޓަރީކުރާނަމަ ގަރާޖުސިޓީ ހުށަހަޅަންނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކުދިވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް!

105 ދުވަސް ކުރިން - 16:30

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

110 ދުވަސް ކުރިން - 12:11

މާލެ ސަރަހައްދުގައި ގާއިމްކުރާ 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: އަމީން

މާލެސިޓީގައި 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ފަށަނީ

115 ދުވަސް ކުރިން - 22:11