Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

8،218 ދަރިވަރުންނާ އެކު އޯ ލެވެލް އިމްތިހާން ފަށައިފި

8،218 ދަރިވަރުންނާ އެކު އޯ ލެވެލް އިމްތިހާން ފަށައިފި

މުހައްމަދު ޖަމްޝަތު
215 ދުވަސް ކުރިން - 28 ޖެނުއަރީ 2026 12:50
ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނުގައި---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނުގައި---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޚުލާސާ

މި ދިރާސީ އަހަރު ގްރޭޑް 10 ކިޔަވާ ދަރިވަރުންގެ އޯލެވެލް އިމްތިހާން އޮންނާނީ އަންނަ އޮކްޓޫބަރު ނޮވެމްބަރުގައި

މިދިޔަ އެޕްރީލް މަހު ގްރޭޑް 10 ގައި ކިޔަވަން ފެށި ދަރިވަރުންގެ އޯ ލެވެލް އިމްތިހާން މިއަދު ފަށައިފި އެވެ. 

އޯލެވެލް އިމްތިހާނު މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނާއެކުގަ އެވެ. އެގޮތުން މި އިމްތިހާނުތައް ފަށާފައިވަނީ ދިވެހި މާއްދާއިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި މިއަހަރު 8،218 ދަރިވަރަކު ބައިވެރިވެ އެވެ. އަދި މިފަހަރުގެ އިމްތިހާނު 267 ސެންޓަރެއްގައި ކުރިއަށްދާނެ އެވެ. އެގޮތުން މާލޭގައި މި އިމްތިހާންތައް 21 ސެންޓަރެއްގައި ކުރިއަށްގެންދާއިރު އަތޮޅުތަކުގެ 246 ސެންޓަރެއްގައި އިމްތިހާންތައް ކުރިއަށްދާނެ އެވެ.

Advertisement

Advertisement 1

އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތައް ފަށާފައިވާއިރު މި އިމްތިހާންތައް ކުރިއަށްދާނީ އަންނަ މާޗު މަހުގެ ހަވަނަ ދުވަހާ ހަމައަށެވެ.

ސަރުކާރުން ވަނީ ޑިސެމްބަރު 2023 އިން ފެށިގެން އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެެނެސްފަ އެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިހާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާ އެވެ.

މޮކް އިމްތިހާނުން ފާސްނުވި ނަމަވެސް، އޯލެވެލްގައި އެ އިމްތިހާނުތަކުގައި ބައިވެރިވުން ކޮންމެ ދަރިވަރަކަށްވެސް މަޖުބޫރެވެ. އިމްތިހާނުގައި ބައިވެރިވާ ފައިސާ ދައްކާނީ ސަރުކާރުންނެވެ. ކުރިން އުސޫލު އޮތްގޮތުން، މަޖުބޫރު މާއްދާއިން މޮކް އިމްތިހާނުގައި ފާސް ނުވެއްޖެނަމަ، އެ ދަރިވަރަކު އަމިއްލައަށް ފައިސާ ދައްކައިގެން އިމްތިހާނުގައި ބައިވެރިވާން ޖެހޭނެ އެވެ.

ސަރުކާރުން ގެނައި މިބަދަލަކީ ވީހާވެސް ގިނަ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދީ، ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރު އެޅުމަށް ގެނައި ބަދަލެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއޯ ލެވެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ބައިވެރިވުމަށް އެންއައިއީއިން ހުޅުވާލައިފި

އިންޓަނޭޝަނަލް މުދައްރިސުންގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

12 ދުވަސް ކުރިން - 17:53

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

38 ދުވަސް ކުރިން - 15:44

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

139 ދުވަސް ކުރިން - 19:47

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

158 ދުވަސް ކުރިން - 20:09

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

185 ދުވަސް ކުރިން - 13:49

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

196 ދުވަސް ކުރިން - 10:17