އީރާނުގެ ކަނޑުގެ ސަރަޙައްދާއި ވައިގެ ސަރަޙައްދުގައި އަސްލު ވަޒަނާއި ބޮމާއި މިސައިލް ބޭނުން ކޮށްގެން އަސްކަރީ ކުއްލި ޙަރަކާތެއް ފަށައިފިއެވެ.
އީރާނުން ބުނީ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ ފަރާތްތަކުން އީރާނާއި 5 މޭލު ކައިރިއަށް އައުމުގައި ސަމާލު ވުމަށާއި، އަދި ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން 25000 ފޫޓާއި ހަމަޔަށް ކައިރިވުމުގައި ސަމާލު ވުމަށެވެ. މި ފަރިތަކުރުންތައް އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށް އެ ޤައުމުން ބުންޏެވެ.
އެމެރިކާ އާއި އީރާނާއި ދެމެދު އަސްކަރީ ކުރިމަތިލުމެއް ދެންމެދެންމެ ހިނގައިފާނެ ހެން ވެސް ހީވާ ކަމަށް މުޙައްލިލުން ބުނާ މި ދަނޑިވަޅަކީ އީރާން ސަރަޙައްދުގައި އެމެރިކާގެ ހަނގުރަމަމަތީ މަނަވަރެއް ދަތުރުކުރަމުންދާ ދަނޑިވަޅެއް ކަން ފާހަގަ ކުރެވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ކުރަމުންދާއިރު، ތެހެރާނާއި މުޢާމަލާތްކުރުމުގައި އަސްކަރީ ފިޔަވަޅުތައް ހިމެނޭ ގޮތަށް ހުރިހާ ގޮތެއް މޭޒުމަތީގައި އޮތްކަމަށް އެމެރިކާއިން ބުނެއެވެ.
އެމެރިކާއިން ދޭ ކޮންމެ ޙަމަލާ އަކަށް ނުރައްކާތެރި ރައްދެއް ދޭނެ ކަމަށް ބުނެ އީރާނުގެ އޮފިޝަލުން ވަނީ އިންޒާރު ދީފައެވެ.









