ބައި ކިލޯގެ މަސްތުވާތަކެއްޗާއެކު ހުޅުމާލޭން މީހަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު | 32 ދުވަސް ކުރިން - 28 ޖެނުއަރީ 2026 09:38
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ފުލުހުން ހައްޔަރުކުރި މީހާ--- ފޮޓޯ: ޕޮލިސް
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ފުލުހުން ހައްޔަރުކުރި މީހާ--- ފޮޓޯ: ޕޮލިސް
ޚުލާސާ

ހައްޔަރުކުރި މީހާ އަތުން 500 ގުރާމްގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނޭ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލޭން މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ އިބްރާހީމް އަމްރު ތައުފީގު ހމ. ސިފްކޯހިޔާ 0801 ބީ / މާލެ، (22އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި މިދިޔަ ހޯމަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެއީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހިންގި އޮޕަރޭޝަނެއް ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށާއި ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (500 ގުރާމް) ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%