މާފަންނުގައި ހުރި ގެއެއްގެ ކޮޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ މ. މަލީޝާގެ އެއްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ކަމަށެވެ. ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް، މާލޭ ފަޔާ ސްޓޭޝަނުން މިހާރު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 14:54 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ އެކު، މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ރޯވި އަލިފާން ނިއްވާލެވުނީ 15:24 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.









