ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ދެނީ

މުހައްމަދު ޖަމްޝަތު | 33 ދުވަސް ކުރިން - 27 ޖެނުއަރީ 2026 16:28
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށްވެސް ގޯތި އެގްރީމަންޓުގައި ސޮއިކުރުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް މިނިސްޓްރީން ވަނީ ދީފަ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ހަދައިދީ، ގުޅިފަޅުން ގޯތި ލިބުނު މީހުންނަށްވެސް އެގްރީމަންޓުގައި ސޮއި ކުރުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް ދީފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު، އެ ސަރަހައްދުން ދޫކުރި ގޯތިތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގައިފަ އެވެ.

މިނިސްޓްރީން ބުނީ މިގެނައި ބަދަލާއިއެކު ކުރިން ދޫކުރި ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލުކޮށް، އާ ރަޖިސްޓްރީއެއް ދޫކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިހާތަނަށް ރަޖިސްޓަރީ ހަވާލުނުކުރާ މީހުންނަށް ރަޖިސްޓަރީ ހަވާލުކުރުމާއި، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ވަނީ އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އިތުރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން މިއަދާ ހަމައަށް އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓަރީއާ ހަވާލުވެފައިނުވާ މީހުންނަށްވެސް އިތުރު ފުރުސަތެއް ދޭ ގޮތަށް ވަނީ ނިންމާފަ އެވެ. އެމީހުންނަށްވެސް މާޗް މަހުގެ 15ގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓުމަންޓަށް އެދެވޭނެ އެވެ. މީގެ ކުރިންވެސް މިނިސްޓްރީން ވަނީ، ގުޅިފަޅުން ގޯތި ލިބުނު މީހުން އެގްރިމެންޓުގައި ސޮއިކުރުމަށް ފުރުސަތު ދީފަ އެވެ.

ހިޔާވަހި ޕޯޓަލް އިން އެޕޮއިންޓްމަންޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އާ އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ އެއް ފަރާތުގެ އައިޑީކާޑު ކޮޕީ
  2. ގޯތި ލިބޭ މީހާގެ ބަދަލުގައި އެހެން މީހަކު އެއްބަސްވުމުގައި ސޮއިކުރާނަމަ ޕޯޓަލުގެ ޕަވާ އޮފް އެޓާނީގެ ނަމޫނާއާ އެއްގޮތަށް ޝަރުއީ ކޯޓެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ޕަބްލިކް ނޯޓަރީގެ ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވާ އޮފް އެޓާނީއާއި އެޓާނީގެ އައިޑީކާޑު ކޮޕީ
  3. ގޯތި ލިބޭ މީހާ ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ
  4. ގޯތި ލިބޭ މީހާއަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން 3،548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކަށް މިހާރު ވަނީ ގޯތި ހަވާލުކޮށްފަ އެވެ. އަދި ހުޅުމާލެ ތިންވަނަ ފިޔަވަހިން ހަތް ސައިޒެއްގެ 698 ގޯތި ދޫކުރުމަށް ވަނީ ގުރުއަތު ނަގާފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%