Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި ކުރާ މަސައްކަތްތައް ކުރިއަށްގެންދާނަން: މޯދީ

ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި ކުރާ މަސައްކަތްތައް ކުރިއަށްގެންދާނަން: މޯދީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
134 ދުވަސް ކުރިން - 27 ޖެނުއަރީ 2026 15:40
އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރައީސް މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ--- ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރައީސް މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު އަރިސްކުރެއްވި ތަހުނިޔާއާއި ހެޔޮ އެދުންތައް އިހްތިރާމާއިއެކު ބަލައިގަންނަ ކަމަށް މޯދީ ވިދާޅުވި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި ކުރާ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މި މޭރުމުން ވިދާޅުވީ، ދިވެހި ބަހުން ލިޔުއްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މޯދީ ވިދާޅުވީ، އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިސްކުރެއްވި ހޫނު ތަހުނިޔާއާއި ހެޔޮ އެދުންތައް އިހްތިރާމާއިއެކު ބަލައިގަންނަ ކަމަށެވެ.

Advertisement

Advertisement 1

މޯދީ ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި ކުރާ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށާއި، ދިވެހި ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ރައީސް ޑރ. މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއިން ބޭނުންވަނީ އިންޑިއާއާއެކު ބާއްވާފައިވާ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަކަށް ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ. ރައީސް ވަނީ އިންޑިއާގެ ރައީސް ޝްރީ ޑްރައުޕަދީ މުރްމު އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން، އިންޑިއާގެ އެންމެހައި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފަ އެވެ.

ރައީސްގެ މެސެޖުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި، ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ ޖުމްހޫރީ ދުވަހަކީ މިނިވަންކަމާއި ޑިމޮކްރަސީއާއި ހިންގުން ހަރުދަނާކުރުމަށް އެ ގައުމުގެ ރައްޔިތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ބޭނުންވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމު ގުޅިގެން ދެ ފަރާތަށްވެސް ލާބަޔާއި ފައިދާ ލިބޭނެ ގޮތްތަކަށް މަސައްކަތް ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ އެ ގައުމުގެ ގާނޫނުއަސާސީ އެކުލަވާލައި، އަމަލުކުރަން ފެށި ދުވަހާ ގުޅުވައިގެންނެވެ. އެއީ 1950 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ. މީގެ އިތުރުން، މި ދުވަހަކީ އިންޑިއާގެ ފުރަތަމަ ރައީސް ޑޮކްޓަރ ރަޖެންދްރާ ޕްރަސާދް، ރައީސްކަމުގެ ހުވާކުރެއްވި ތާރީހީ ދުވަސް ވެސް މެއެވެ.

ނަރެންދްރަ މޯދީއިންޑިއާ - ރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

22 ގަޑިއިރު ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

1 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

2 ދުވަސް ކުރިން - 15:01