Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަނީ

މުހައްމަދު ޖަމްޝަތު
168 ދުވަސް ކުރިން - 27 ޖެނުއަރީ 2026 13:55
ޝަހީދު އަލީ ސްކޫލުް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް
ޝަހީދު އަލީ ސްކޫލުް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ސްކޫލުގެ ކޮންސެޕްޓް ފައިނަލްކޮށް ޑިޒައިން މަރުހަލާ ނިމިފައިވާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޝަހީދު އަލީ ސްކޫލު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިހާރުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ސްކޫލުގެ ކޮންސެޕްޓް ޑިޒައިން ފައިނަލްކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިއަށްވެސް ހުޅުމާލޭގައި ޕްރޮޖެކްތައް އެބަހުރި. ހާއްސަކޮށް ދެވަނަ ފިޔަވައްސަށް އެޑިއުކޭޝަން މިނިސްޓްރީން އަޅުގަނޑުމެން ވަނީ ކޮންސެޕްޓް ފައިނަލް ކުރެވި ޑިޒައިން މަރުހަލާ ވާނީ އެއް ސްކޫލަކަށް ނިމިފަ،" މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

Advertisement 1

ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ވޭތުވެދިޔަ ދެ އަހަރު ތެރޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ހާއްސަކޮށް މާލޭގެ ސްކޫލުތަކާއި އަތޮޅުތެރޭގެ ސްކޫލުތަކަށް ކުރިއެރުން ގެނެސްދިނުމުގައި އެއްވެސް ތަފާތު ކުރުމެއްނެތި މި ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި މީގެކުރިން ސްކޫލްތަކަށް އަޅާނުލާ މިންވަރަކަށް މި ސަރުކާރުން ސްކޫލްތަކަށް އަޅާލާކަމަށާއިި ސްކޫލުތައް މަރާމާތު ކުރުމާއި، އުމްރާނީ ގޮތުން ސްކޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި މުހިންމު މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ސްކޫލުތަކުގެ މަރާމާތަށް މިދިޔަ ދެ އަހަރު 70 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މި އަހަރު ސްކޫލުތަކުގެ މަރާމާތަށް 60 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުންދާތީ އެ ސަރަހައްދުގައި މި ސަރުކާރުން އަޅައި މިއަދު ހުޅުވި ޝަހީދު އަލީ ސްކޫލަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ރީތި އެއް ސްކޫލެވެ. ޖުމްލަ ދެ އަހަރު ތެރޭގައި ސަރުކާރުން ތަރައްގީކޮށް ނިންމި މި ސްކޫލުގައި ޒަމާނީ ވަސީލަތްތަކާއެކު 54 ކްލާސްރޫމް ހިމެނޭއިރު، ކޮންމެ ކްލާހެއްގައި 32 ދަރިވަރުންނަށް ކިޔެވޭނެ އެވެ. ގްރޭޑް އެކަކުން 10 އަށް ތައުލީމު ފޯރުކޮށްދޭ މި މަރުކަޒަކީ 1،500 ކުދިންގެ ޖާގައިގެ ތަނެކެވެ. ނަމަވެސް، ދެ ދަންފަޅިއަށް ބަހާލައިގެން 2،500 ކުދިންނަށް ކިޔަވައިދިނުމުގެ ގާބިލުކަން ހުރި ތަނެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.

ޝަހީދު ޢަލީ ސްކޫލަށް މިއަހަރު 2100 އަށްވުރެ ގިނަ ދަރިވަރުން ވައްދާފައިވާއިރު އޭގެތެރެއިން 77 އިންސައްތަ ދަރިވަރުންނަކީ އަތޮޅުތެރޭގެ ރަށްރަށަށް ނިސްބަތްވާ ދަރިވަރުންކަން މިނިސްޓަރު ޝަފީއު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުމިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްހުޅުމާލެ ފޭސް-2
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢިމާރާތްކުރުމަށް އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

21 ދުވަސް ކުރިން - 17:35

ހުޅުމާލެ އަމާން ދޯދި ޓަވަރުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

އަމާން ދޯދި ޓަވަރުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

22 ދުވަސް ކުރިން - 08:51

ހުޅުމާލެ ފިހާރައެއްގެ ތެރޭގައި ވަޅިން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފިހާރައެއްގެ ތެރޭގައި ވަޅިން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

25 ދުވަސް ކުރިން - 11:26

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

33 ދުވަސް ކުރިން - 16:51

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

36 ދުވަސް ކުރިން - 17:20

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

44 ދުވަސް ކުރިން - 17:03