Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަތިސް ނަމާދުން ދުވަސް ފަށާ ބަޔަކަށްވުމަށް، ދަރިވަރުންގެ ކިބައިން ރައީސް އެދިވަޑައިގެންފި

ފަތިސް ނަމާދުން ދުވަސް ފަށާ ބަޔަކަށްވުމަށް، ދަރިވަރުންގެ ކިބައިން ރައީސް އެދިވަޑައިގެންފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
214 ދުވަސް ކުރިން - 27 ޖެނުއަރީ 2026 11:45
ޝަހީދު އަލީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
ޝަހީދު އަލީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް މި މޭރުމުން ވިދާޅުވީ ޝަހީދު އަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން

ހުރިހާ ދަރިވަރުންނަކީ ވެސް ފަތިސް ނަމާދުން ދުވަސް ފަށާ ބަޔަކަށްވުމަށް އާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ދަރިވަރުންގެ ކިބައިން ރައީސް މިކަމަށް އެދިވަޑައިގަތީ ޝަހީދު އަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ޒުވާނުންގެ ހިތްތަކުގައި ގައުމިއްޔަތުގެ ބިންވަޅު ނެގުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ކޮންމެ ދަރިވަރަކު ވެސް ބަލަންވާނީ ގައުމަށް ހިދުމަތްކޮށްދިނުމަށް ކަމަށެވެ.

ތައުލީމީ ހަޔާތަކީ ގައުމާއި، މުޖުތަމައަށް ބޭނުންތެރި ދުވަސްތަކަކަށް ހަދަންޖެހޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހަޔާތުގެ ކޮންމެ ވަގުތެއް ހޭދަކުރަންޖެހޭނީ އިސްލާމްދީނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދިހަމައެހެންމެ އިސްލާމްދީނުގައި ކަންކަން ބަޔާންކޮށްފައިވަނީ މާތް މަގުސަދުތަކެއްގައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1
"ފަރުޟު ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން. ވަގުތުން ވަގުތަށް ނަމާދު ކުރުމަށް. ފަތިސް ނަމާދަށް ގަޑިއަށް ހޭލައި، ފަތިސް ނަމާދުކޮށްގެން ދުވަސް ފެށުމަށް ހުރިހާ ކުދިންވެސް އަޒުމު ކަނޑައަޅަން އަޅުގަނޑު އިލްތިމާސްކުރަން. މައިންބަފައިންގެ ކިބައިންވެސް އެދެން ހުރިހާ ކިޔަވާ ކުދިން ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދުގެ ގަޑީގައި ތެދުވެ ނަމާދު ކޮށްގެންކަން، އެއީ މައިންބަފައިންގެ ޒިންމާއެއްކަމަށް ކަނޑައަޅައި އެކަން ކަށަވަރުކުރެއްވުމަށް،" --- ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހުރިހާ ދަރިވަރުން ވެސް ޓީޗަރުންނާއި، މައިންބަފައިންގެ ނަސޭހަތް އަޑުއަހައި އެ މީހުންގެ އިރުޝާދުތަކާ އެއްގޮތަކަށް އަމަލުކުރަންޖެހޭނެ ކަމަށާއި އެހެންނޫންނަމަ ކުރިއަރައިދިޔުމުގައި ދަތިތަކެއް ދިމާވާނެ ކަމަށެވެ.

މި އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، މިއީ 2020 ވަނަ އަހަރަށް ފަހު ޖެނުއަރީ މަހު ކިޔެވުން ފެށި ފުރުތަމަ އަހަރެވެ. މި އަހަރުގެ ކިޔެވުން ފަށާފައި މިވަނީ ސަރުކާރުގެ 219 ސްކޫލެއްގައި 80،715 ދަރިވަރުންނާއެކުގަ އެވެ. މީގެ އިތުރުން ދަރިވަރުންނަށް ކިޔަވައިދޭން 9،952 ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްސްކޫލްހުޅުމާލެ ފޭސް-2
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

8 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02