Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލޭގައި އިމާރާތްކުރި ޝަހީދު އަލީ ސްކޫލް ހުޅުވައި ކިޔެވުން ފަށައިފި

ހުޅުމާލޭގައި އިމާރާތްކުރި ޝަހީދު އަލީ ސްކޫލް ހުޅުވައި ކިޔެވުން ފަށައިފި

މުހައްމަދު ޖަމްޝަތު
223 ދުވަސް ކުރިން - 27 ޖެނުއަރީ 2026 10:05
ޝަހީދު އަލީ ސްކޫލް ހުޅުވުމަށް މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަށް ހާއްސަ ހަދާނީ ހަނދާނެއް އަރުވަނީ---ފޮޓޯ: ރައީސް އޮފީސް
ޝަހީދު އަލީ ސްކޫލް ހުޅުވުމަށް މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަށް ހާއްސަ ހަދާނީ ހަނދާނެއް އަރުވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޖާގަ ތަނަވަސް ސްކޫލެއް. އެއް ދަންފަޅިއެއްގައި 1،500 ދަރިވަރުންނަށް ކިޔަވަދެވޭނެ

މި ސަރުކާރުން އެޅި ފުރަތަމަ ސްކޫލު ކަމަށްވާ "ޝަހީދު އަލީ" ސްކޫލް ރަސްމީކޮށް ހުޅުވައިފި އެވެ. މި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ސްކޫލް ހުޅުވުމަށް މިއަދު ހެދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ބައިވެރިވެވަޑައިގެންނެވި އެވެ. މި ޖަލްސާގައި ސްކޫލްގެ ރަސްމީ ލޯގޯ އިފްތިތާހުކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ހަދިޔާއެއްވެސް އަރުވާފަ އެވެ.

އާރްސީސީއާ ހަވާލުކޮށްގެން ސަރުކާރުން އެޅި މ މި ސްކޫލްގެ އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 2023 ގަ އެވެ.

Advertisement

Advertisement 1

ޝަހީދު އަލީ ސްކޫލް ހުޅުވުމަށް މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

މި ސްކޫލުގައި ޒަމާނީ ވަސީލަތްތަކާއެކު 54 ކްލާސްރޫމް ހިމެނޭއިރު، ކޮންމެ ކްލާހެއްގައި 32 ދަރިވަރުންނަށް ކިޔެވޭނެ އެވެ. ގްރޭޑް އެކަކުން 10 އަށް ތައުލީމު ފޯރުކޮށްދޭ މި މަރުކަޒަކީ 1،500 ކުދިންގެ ޖާގައިގެ ތަނެކެވެ. ނަމަވެސް، ދެ ދަންފަޅިއަށް ބަހާލައިގެން 2،500 ކުދިންނަށް ކިޔަވައިދިނުމުގެ ގާބިލުކަން ހުރި ތަނެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.

ދަރިވަރުންގެ ކިޔެވުމާއި ކުޅިވަރަށް ބޭނުންވާނެ މަލްޓިޕާޕަސް ހޯލަކާއި، ޓާފް ދަނޑެއްގެ އިތުރުން އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް މި ސްކޫލުގައި ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން 400 މީހުންގެ އޮޑިޓޯރިއަމަކާއި، ލައިބްރަރީއަކާއި، ކޮމްޕިއުޓަރު ލެބެއްގެ އިތުރުން ސައިންސްގެ ތިން ލެބޯޓްރީއެއް މި ސްކޫލުގައި ހުރެ އެވެ.

ޝަހީދު އަލީ ސްކޫލަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި ދާއިމީ ދެވަނަ ސްކޫލެވެ. މީގެ ކުރިން އެ ސަރަހައްދުގައި އެންމެ ފުރަތަމަ ހުޅުވާފައިވަނީ ސަލާހުއްދީން ސްކޫލެވެ.

ހުޅުމާލެ ފޭސް-2މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ސަރަހައްދެއް ގާއިމްކުރަނީ

3 ގަޑިއިރު ކުރިން - 08:48

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

5 ދުވަސް ކުރިން - 13:32

ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓިއްޖެ

5 ދުވަސް ކުރިން - 13:12

8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ބައިވެރިވުމަށް އެންއައިއީއިން ހުޅުވާލައިފި

އިންޓަނޭޝަނަލް މުދައްރިސުންގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

18 ދުވަސް ކުރިން - 17:53

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

44 ދުވަސް ކުރިން - 15:44

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

48 ދުވަސް ކުރިން - 19:54