Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް އަނެއްކާވެސް ބަދަލު ގެނެސް، އާންމުކޮށްފި

މުހައްމަދު ޖަމްޝަތު
267 ދުވަސް ކުރިން - 26 ޖެނުއަރީ 2026 23:05
ގިރާވަރު ފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން މިއަދު ވަނީ އާއްމުކޮށްފަ---
ގިރާވަރު ފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން މިއަދު ވަނީ އާއްމުކޮށްފަ---
ޚުލާސާ

މިއީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައި 2 ވަނަ ފަހަރު. ކުރިން އިސްލާހު ކުރި ޕްލޭނަށް އަނެއްކާވެސް ބަދަލުތަކެއް ވަނީ ގެނެސްފަ

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އަނެއްކާވެސް ބަދަލުތަކެއް ގެނައުމަށްފަހު، ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި، މިއަދު ނެރުނު ޕްލޭނަކީ 15 އޮކްޓޫބަރު 2024 ގައި ޝާއިއުކުރި ޕްލޭނަށް އިސްލާހުތަކެއް ގެނެސްގެން ތައްޔާރުކޮށްފައިވާ އާ ޕްލޭނެކެވެ.

މިއަދު އާއްމުކުރި އާ ލޭންޑްޔޫސް ޕްލޭނުގައި އެކި ބޭނުންތަކަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ވަކިކޮށް އެނގޭނެހެން ތަފާތު ކުލަތަކުން ވަނީ ފާހަގަކޮށްފަ އެވެ. މީގެ ތެރޭގައި ވިޔަފާރި ބޭނުންތަކާއި، އިޖުތިމާއީ ސަރަހައްދުތަކާއި، ތައުލީމީ މަރުކަޒުތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކަށް ހާއްސަ ބިންތައް ހިމަނާފައިވެ އެވެ.

Advertisement

Advertisement 1

ކުރީގެ ސަރުކާރުން ގޯތި ދޫކުރިއިރު އަސާސީ ހިދުމަތްތަކަށް ބޭނުންވާނެ ޖާގަ އެކަށީގެންވާ ގޮތެއްގައި ކަނޑައަޅާފައި ނެތުމުން، މި ސަރުކާރުން ވަނީ އާ ޕްލޭނެއް އެކުލަވާލާނެކަން ކުރިންވެސް އިއުލާނުކޮށްފަ އެވެ. 2024 ވަނަ އަހަރު ގިރާވަރުފަޅުގެ ޕްލޭނަށް ބަދަލު ގެނައީ މި މައްސަލަތައް ހައްލުކުރުމަށެވެ.

ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން---

ގިރާވަރުފަޅުގެ ޕްލޭނަށް މި ބަދަލުތައް ގެނައިރު، އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހު ވިދާޅުވެފައިވާ ގޮތުގައި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރުފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ އެވެ. ހުޅުމާލެ ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާއިރު ގިރާވަރުފަޅު ހިއްކުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ކުރީގެ ސަރުކާރުން ގިރާވަރުފަޅުގެ 170 ހެކްޓަރުން 5,186 ގޯތި ދޫކުރަން ނިންމާފައި އޮތް ނަމަވެސް، އެއީ އެތަނުގައި އާބާދުވާނެ މީހުންގެ ނިސްބަތުން ދިރިއުޅެން އެންމެ އެކަށޭނަ މާހައުލަކަށް ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ކުރިން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން، އެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން 1,114 ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ނިންމައި، އެކަމަށް އެދުނު ފަރާތްތަކުގެ މެދުގައި މިހާރު ވަނީ ގުރުއަތުލުންވެސް ކުރިއަށް ގެންގޮސްފަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްބިން ހިއްކުންބިންވެރިޔާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދައުލަތުގެ އާމްދަނީ 31.5 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ

ދައުލަތުގެ އާމްދަނީ 31.5 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ

6 ދުވަސް ކުރިން - 13:35

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މޫޑީސް އިން 'ސީއޭއޭ1' އަށް މަތިކޮށްފި

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މޫޑީސް އިން 'ސީއޭއޭ1' އަށް މަތިކޮށްފި

12 ދުވަސް ކުރިން - 15:47

ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

13 ދުވަސް ކުރިން - 14:02

ކުރީ ސަރުކާރުން އެސްބީއައިއަށް ދައްކަންޖެހޭ 150 މިލިއަން ޑޮލަރު މިސަރުކާރުން ދައްކައިފި

ކުރީ ސަރުކާރުން އެސްބީއައިއަށް ދައްކަންޖެހޭ 150 މިލިއަން ޑޮލަރު މިސަރުކާރުން ދައްކައިފި

33 ދުވަސް ކުރިން - 15:48

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

49 ދުވަސް ކުރިން - 19:00

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

64 ދުވަސް ކުރިން - 11:13