Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެއިން ބޭނުންވަނީ އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރަން: ރައީސް

ރާއްޖެއިން ބޭނުންވަނީ އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
215 ދުވަސް ކުރިން - 26 ޖެނުއަރީ 2026 21:47
ރައީސް މުޢިއްޒު، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކު/ ފޮޓޯ:ރައީސް އޮފީސް
ރައީސް މުޢިއްޒު، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކު/ ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

އިންޑިއާގެ ޖުމްހޫރީ ދުވަހަކީ މިނިވަންކަމާއި ޑިމޮކްރަސީއާއި ހިންގުން ހަރުދަނާކުރުމަށް އެ ގައުމުގެ ރައްޔިތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ދުވަހެއް ކަމަށް ރައީސް ވިދާޅުވި.

ދިވެހިރާއްޖެއިން ބޭނުންވަނީ އިންޑިއާއާއެކު ބާއްވާފައިވާ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ގައުމަށްވެސް ފައިދާވާނެ ގޮތަކަށް ކަންކަން ކުރިއަށްގެންދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.

މި މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، އިންޑިއާގެ ރައީސް ޝްރީ ޑްރައުޕަދީ މުރްމު އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން، އިންޑިއާގެ އެންމެހާ ރައްޔިތުންނަށް ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.

Advertisement

Advertisement 1

ރައީސްގެ މެސެޖުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި، ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ ޖުމްހޫރީ ދުވަހަކީ މިނިވަންކަމާއި ޑިމޮކްރަސީއާއި ހިންގުން ހަރުދަނާކުރުމަށް އެ ގައުމުގެ ރައްޔިތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ބޭނުންވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމު ގުޅިގެން ދެ ފަރާތަށްވެސް ލާބަޔާއި ފައިދާ ލިބޭނެ ގޮތްތަކަށް މަސައްކަތް ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ އެ ގައުމުގެ ގާނޫނުއަސާސީ އެކުލަވާލައި، އަމަލުކުރަން ފެށި ދުވަހާ ގުޅުވައިގެންނެވެ. އެއީ 1950 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ. މީގެ އިތުރުން، މި ދުވަހަކީ އިންޑިއާގެ ފުރަތަމަ ރައީސް ޑޮކްޓަރ ރަޖެންދްރާ ޕްރަސާދް، ރައީސްކަމުގެ ހުވާކުރެއްވި ތާރީހީ ދުވަސް ވެސް މެއެވެ.

އިންޑިއާ - ރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

5 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

3 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

3 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

3 ދުވަސް ކުރިން - 10:22