Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިނގިރޭޓު ގަތް މީހަކަށް ބޮޑު ލަނޑެއް؛ ހުސް ފޮއްޓަކަށް ހުރީ ފުޅިމަދު އަޅައި އިސްކުރު ޖަހައިފަ

ސިނގިރޭޓު ގަތް މީހަކަށް ބޮޑު ލަނޑެއް؛ ހުސް ފޮއްޓަކަށް ހުރީ ފުޅިމަދު އަޅައި އިސްކުރު ޖަހައިފަ

ހައްވާ މިރުފާ
136 ދުވަސް ކުރިން - 26 ޖެނުއަރީ 2026 11:32
މާލޭގެ ފިހާރައަކުން ސިނގިރޭޓު ފޮެށްޓެއް ގަތް މީހަކަށް ހަނދާނުން ފިލައިގެން ނުދާނެ ވަރުގެ ލަނޑެއް ވަނީ ދީފަ--- ޚުލާސާ ގްރެފިކްސް
މާލޭގެ ފިހާރައަކުން ސިނގިރޭޓު ފޮެށްޓެއް ގަތް މީހަކަށް ހަނދާނުން ފިލައިގެން ނުދާނެ ވަރުގެ ލަނޑެއް ވަނީ ދީފަ--- ޚުލާސާ ގްރެފިކްސް
ޚުލާސާ

ގިނަ ބަޔަކަށް މިކަންވީ މަޖާ ކަމަކަށް. އަދި ސިނގިރޭޓު ބުއިން ހުއްޓާލަންވެސް އެތަށް ބަޔަކު ވަނީ އެމީހާ އަށް ނަސޭހަތްތެރިވެފަ

މާލޭގެ ފިހާރައަކުން ސިނގިރޭޓު ފޮެށްޓެއް ގަތް މީހަކަށް ހަނދާނުން ފިލައިގެން ނުދާނެ ވަރުގެ ލަނޑެއް ލިބިއްްޖެ އެވެ.

ފޭސްބުކް ޕޭޖެއްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑްރެގަން ޒޯން ކައިރީ ހުންނަ ފިހާރަޔަކުން މީހަކު ސިނގިރޭޓު ފޮށްޓެއް ގަތް ކަމަށްށާއި، އަދި އެ ސިނގިރޭޓު ފޮށްޓަށް ހުރީ ސިނގިރޭޓުގެ ބަދަލުގައި ފުޅިމަދު އަޅާފައި ކަމަށެވެ. މިޕޯސްޓުގައި ބުނެފައިވަނީ އެމީހާ އެސިނގިރޭޓު ފޮށި ގަތީ ރޭ 11 ޖެހި އިރު ޑްރެގަން ޒޯން ކައިރީ ހުންނަ "ކުރެދި މާޓް" ނަމަކަށް ކިޔާ ފިހާރައަކުން ކަމަށެވެ.

އެ ޕޯސްޓާއެކު އެމީހާ ގަތް ސިނގިރޭޓު ފޮށީގެ ފޮޓޯވެސް ވަނީ ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ 'ކެމަލް ހާޑް' ސިނގިރޭޓު ފޮށްޓެއްގެ ތެރެއަށް ފުޅިމަދު ގަނޑެއް ލައްވައި އެ ފުޅިމަދަށް އިސްކުރު ޖަހާފައި ހުއްޓަ އެވެ.

Advertisement

Advertisement 1

އަދި އެޕޯސްޓްގައި އިތުރަށް ބުނެފައި ވަނީ މިދުވަސްވަރު ސިނގިރޭޓު އެހާ އަގު ބޮޑުކޮށް މީހުން ގަންނަ އިރު، ސިގުރޭޓް ވިއްކުމުގައި ސްކޭމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އާއްމުންގެ ގިިނަ ބައެއްގެ ސަމާލުކަން ވެސް އެ ޕޯސްޓަށް ލިބިފައިވާއިރު ގިނަ ބަޔަކު ދަނީ އެކި ގޮތްގޮތަށް އެ ޕޯސްޓަށް ކޮމެންޓު ކުރަމުންނެވެ. ކޮމެންޓް ކުރި ގިނަމީހުންނަށް އެކަން ވީ މަޖާ ކަމަކަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ކަމުން އިބުރަތް ހާސިލުކޮށް ސިނގިރޭޓު ބުއިން ހުއްޓާލަން ނަސޭހަތް ދީފަ އެވެ.

"މިފަހަރު ތިއޮތީ ފޮށީގެ ބޭރުގަ ލިޔެފަ އޮތް އިންޒާރު ފޮށީގެ އެތެރެއިން ފެންނަން. ތި ބޮއެގެން ވާނީ ގެއްލުން، އަވަހަށް ހުއްޓާލާ،" އެކަކު ބުންޏެވެ. "އަދިވެސް ވާނެ ބޯން ތަނަކުން އެއްޗެއް ހުރިއްޔާ،" އެހެން ކޮމެންޓެއްގައި މީހަކު ބުންޏެވެ.

އެހެން މީހެއްގެ ކޮމެންޓެއްގައި ބުނެފައިވަނީ ތިއޮތީ ނަސީބު ލައްވާލާފައި ކަމަށެވެ. އަދި އެއީ ސިހުރެއް ކަމަށްވެސް މީހަކު ވަނީ ކޮމެންޓެއްގައި ބުނެފަ އެވެ.

މިއީ މަފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ. ވިޔަފާރިއެއް ކުރުމުން ސްކޭމް ކުރުމަކީ ގޯހެކެވެ. ނަމަވެސް ގިނަ ބަޔަކަށް މިކަން މިފަހަރު މިވީ ބޮޑު މަޖާ ގަނޑަކަށެވެ. ފޮށި ގަތް މީހާއަށް އިބުރަތަކަށެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ތަފާތު ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ޖެނެރޭޝަނަލް ބޭން އާއި، ވޭޕް ބޭން ކުރުމާއި އަދި ސިނގިރޭޓުން ނަގާ ޑިއުޓީ އިތުރު ކުރުން ހިމެނެވެ. އެގޮތުން ސަރުކާރުން ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް 1 ނޮވެމްބަރު 2024 އިން ފެށިގެން ބޮޑުކޮށްފަ އެވެ. ހަމަ އެހެންމެ ޖެނެރޭޝަނަލް ބޭންއަކީ ވެސް ދިވެހިންގެ މެދުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދު ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅެއްކެވެ. އެގޮތުން 2007 ވަނަ އަހަރުގެ ފަހުން އުފަންވީ އެއްވެސް ދިވެހި ރައްޔިތަކު ދުންފަތުގެ އިސްތިއުމާލު ކުރުން މިހާރު މަނާވާނެ އެވެ.

ސިނގިރޭޓްސްކޭމް
Ad
Ad

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޖުހާ ޕޭޖް

135 ދުވަސް ކުރިން - 19:16

މި ޕޭޖްގެ އިން ފޮޓޯ އެއް ނަގާއިގެން މި ޕޭޖުގެ ލޯޯގޯ ކަނޑާފަ އިން މައްސަލަ ހުށައަޅާނަން، އެއްވެސް ކްރެޑިޓެއް ނުދީ

ގުޅޭ ޚަބަރުތައް

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

10 ދުވަސް ކުރިން - 17:38

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

11 ދުވަސް ކުރިން - 17:03

ހައްޖާއި އުމްރާގެ މަކަރާއި ހީލަތުން މުސްލިމުން ރައްކާތެރިކުރުމަށް ނިއުޔޯކް ސިޓީން ބިލެއް ފާސްކޮށްފި

މަކަރާއި ޙީލަތުން މުސްލިމުން ރައްކާތެރިކުރުމަށް ބިލެއް ފާސްކޮށްފި

17 ދުވަސް ކުރިން - 15:20

ގާނޫނާއި ހިލާފަށް އެތެރެކޮށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން އަތުލައިގަނެފި

ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން އަތުލައިގަނެފި

28 ދުވަސް ކުރިން - 12:12

ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކްރިޕްޓޯ ކަރަންސީއަކީ ބޮޑު ސްކޭމެއް؟

ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކްރިޕްޓޯ ކަރަންސީއަކީ ބޮޑު ސްކޭމެއް؟

32 ދުވަސް ކުރިން - 20:12

އެލައިޑުގެ "އައިފޯން ޑްރޮޕް ގިވްއަވޭ" އާ ގުޅުވައިގެން ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ!

އެލައިޑުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ!

91 ދުވަސް ކުރިން - 21:45