Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުޅުމާލޭގައި ތަރައްގީކުރާ 5000 ޓަނުގެ ދެވަނަ ފެން ޕްލާންޓް އަންނަ މަހު ނިމޭނެ: މަތީން

ހުޅުމާލޭގައި ތަރައްގީކުރާ 5000 ޓަނުގެ ދެވަނަ ފެން ޕްލާންޓް އަންނަ މަހު ނިމޭނެ: މަތީން

މުހައްމަދު ޖަމްޝަތު
137 ދުވަސް ކުރިން - 25 ޖެނުއަރީ 2026 11:52
ހުޅުމާލޭގައި ގާއިމުކުރި 10،000 ޓަނުގެ ފެން ތާނގީ ބޭނުންކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެމްޑަބްލިއުއެސްސީ
ހުޅުމާލޭގައި ގާއިމުކުރި 10،000 ޓަނުގެ ފެން ތާނގީ ބޭނުންކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެމްޑަބްލިއުއެސްސީ
ޚުލާސާ

މި ޕްލާންޓުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށުމުން ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22,600 ޓަނަށް އިތުރުވާނެ

ހުޅުމާލޭގައި އެމްޑަބްލިޔުއެސްސީން ގާއިމުކުރާ 5,000 ޓަނުގެ ދެވަނަ ފެން ޕްލާންޓުގެ މަސައްކަތް ނިންމައި އަންނަ މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ހާމަކުރައްވައިފިއެވެ.

މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތް ފުޅާކުރުމަށްޓަކައި ދުވާލަކު 10,000 ޓަނުގެ ފެން އުފެއްދޭނެ އިމާރާތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓް 2025ގަ އެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރާނެ އިތުރު ވަސީލަތްތަކާއި ޕްލާންޓްތައް ގާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަންނެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ފެނުގެ ޔަގީންކަން ކަށަވަރުކޮށްދިނުން ކަމަށެވެ. މިގޮތުން ފެން އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 5،000 ޓަނުގެ އެއް ޕްލާންޓް މިދިޔަ އަހަރު ބޭނުންކުރަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މަތީން އިތުރަށް ވިދާޅުވީ، ހުޅުމާލޭގައި މިހާރު ކުރިއަށްދާ 5،000 ޓަނުގެ ދެވަނަ ޕްލާންޓުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމުމުން، ޖުމްލަ 10,000 ޓަނުގެ ފެން އިތުރަށް އުފެއްދޭނެ ކަމަށެވެ. މީގެ ސަބަބުން ސްކޫލްތައް ހުޅުވޭ ދުވަސްވަރާއި ރޯދަމަހު ފެނަށް އޮންނަ ބޮޑު ޑިމާންޑަށް ފުރިހަމައަށް އިޖާބަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީގެ މަގުސަދަކީ މެދުކެނޑުމެއްނެތި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ. މި މަސައްކަތުގެ ދަށުން މިދިޔަ އަހަރު ހުޅުމާލޭގައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ފެން ތާނގީ ކަމަށްވާ 10,000 ޓަނުގެ ތާނގީއެއް ބަހައްޓާފަ އެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު ވަނީ 22,600 ޓަނަށް މަތިވެފަ އެވެ.

މީގެއިތުރުން، މާލޭގައި 13,000 ޓަނުގެ ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތް މި މަހު ފެށުމަށް ތައްޔާރުވަމުންދާއިރު، މިދިޔަ އަހަރުގެ ޖޫން މަހު މާލޭގައި 1,000 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައި މިހާރު ދަނީ ބޭނުންކުރަމުންނެވެ.

އެމްޑަބްލިއުއެސްސީހުޅުމާލެ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

14 ދުވަސް ކުރިން - 17:49

ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ޖަލު ޔުނިޓެއް ގާއިމްކޮށްފި

ކޮވިޑް ފެސިލިޓީގައި ޖަލު ޔުނިޓެއް ގާއިމްކޮށްފި

17 ދުވަސް ކުރިން - 19:59

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

18 ދުވަސް ކުރިން - 15:34

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

19 ދުވަސް ކުރިން - 12:41

އެލައިޑް ހުޅުމާލެ ރަން 2026 ގިނަ ބައެއްގެ ބައިވެރިވުމާއެކު ކާމިޔާބީއާއެކު ނިންމާލައިފި

އެލައިޑް ހުޅުމާލެ ރަން 2026 ނިންމާލައިފި

19 ދުވަސް ކުރިން - 20:20

ހުޅުމާލެ ފަޅުތެރެއަށް ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލެ ފަޅުތެރެއަށް ގެއްލުނު މީހާ މަރުވެއްޖެ

20 ދުވަސް ކުރިން - 10:47