Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކައި ނިމި، ގިރާވަރު ފަޅު ހިއްކަން ފަށަން ތައްޔާރުވަނީ!

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކައި ނިމި، ގިރާވަރު ފަޅު ހިއްކަން ފަށަން ތައްޔާރުވަނީ!

މުހައްމަދު ޖަމްޝަތު
223 ދުވަސް ކުރިން - 25 ޖެނުއަރީ 2026 16:32
ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ތެރެއިން---ފޮޓޯ:އެމްއޭސީއެލް
ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ތެރެއިން---ފޮޓޯ:އެމްއޭސީއެލް
ޚުލާސާ

ސަރުކާރުން މިހާރު ތައްޔާރުވަމުން އަންނަނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށަން.

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއު ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވީ ރޭ ބޭއްވި ޕީއެންސީގެ ކެމްޕެއިން އިވެންޓެއްގަ އެވެ. އެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލެ ހިއްކާ ނިމި ގިރާވަރު ފަޅު ހިއްކުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ދެ ޑްރެޖަރު މިހާރު އޮތީ ތައްޔާރަށް އެތަނުގެ ކައިރީގައި ކަމަށާއި އެ ތަނުން ދޫކޮށްފައިވާ ގޯތިތައް ވެސް އަވަހަށް ދޫކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި އުތުރުތިލަފަޅު ހިއްކަން ވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށާއި އޭޕްރީލް މަހުގެ ތެރޭގައި ފުށިދިއްގަރުފަޅު އެއްކޮށް ހިއްކައި ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެހާ ހިސާބަށް ދާއިރު އެ ތަނުން ގޯތި ލިބޭ މީހުން ކަނޑައެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅުތެރެ ހިއްކުމަށް ނިންމައި އެމަސައްކަތް ފެށީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެމަޝްރޫއުގެ ދަށުން ފުރަތަމަ ދެ މަރުހަލާގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާ އެވެ.

އެކި ސަބަބުތަކާއެކު މިމަޝްރޫއުގެ މަސައްކަތް މަޑުޖެހެމުން ދިޔުމުގެ ސަބަބުން ސަރުކާރުންވަނީ، މަސައްކަތް އަވަސް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ހަވާލުކޮށްފަ އެވެ. އެމްއޭސީއެލް އާ ހަވާލުކޮށްގެން އަލުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގަ އެވެ.

ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރު ރާއްޖެ ގެނެސް، ބިން ހިއްކުމުގައި ބޭނުންކުރަން ފަށައިފަ އެވެ. އަދި ކުރިން ބިން ހިއްކުމުގައި އުޅުނު ޑްރެޖަރާ އެކު އާ ޑްރެޖަރު ވެސް ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކޮށް، އެ މަސައްކަތުގެ ސްޕީޑު ވަނީ އަވަސްކޮށްފަ އެވެ.

ހުޅުމާލެ ފޭސް-3އެމްއޭސީއެލްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

2 ދުވަސް ކުރިން - 13:57

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

4 ދުވަސް ކުރިން - 16:54