Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ތައުލީމަކީ ގައުމީ ތަރައްގީގެ މައި ތަނބު ކަމުގައި މިސަރުކާރުން ވާނީ ކަނޑައަޅާފަ: ރައީސް

މުހައްމަދު ޖަމްޝަތު
270 ދުވަސް ކުރިން - 24 ޖެނުއަރީ 2026 13:33
ރައީސް ޑރ. މުއިއްޒު، ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ:ރައީސް އޮފީސް

ޚުލާސާ

ރައީސް ވިދާޅުވީ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭ ސްކީމުގެ ދަށުން ފާއިތުވި ދެ އަހަރު ތެރޭ 6,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވާ ކަމަށް

މި ސަރުކާރުން ވަނީ ގައުމީ ތަރައްގީގެ މައި ތަނބުގެ ގޮތުގައި ތައުލީމު އިސްކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ތައުލީމީ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ތައުލީމީ ދުވަސް ފާހަގަކުރަމުންދާއިރު، ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާކަން ހަނދާންކުރަންޖެހޭ ކަމަށެވެ. އަދި ތައުލީމަކީ ގައުމީ ތަރައްގީގެ މައި ތަނބު ކަމުގައި މިސަރުކާރުން ކަނޑައަޅާފައިކަމަށާއި ތައުލީމީ ނިޒާމަކީ އެންމެންގެ ބައިވެރިވުން ހިމެނޭ، މުހިންމު، އަދި ބަދަލުތަކެއް ގެނުވައިދޭ ނިޒާމަކަށް ހަދައި ތަޢުލީމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި، ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭ ސްކީމުގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވާކަމަށެވެ. އަދި ދަރިވަރުންގެ ލޯނުގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދަރިވަރުންނަށް އިންވެސްޓްކޮށް، ތައުލީމީ ފުރުސަތުތައް ފުޅާކުރުމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ މުސްތަގުބަލު ބައްޓަންކުރުންމ ނޫންކަމަށާއި، އެއީ މުއްސަނދި، ހަމަހަމަކަން ގާއިމުވެފައިވާ، އަދި ކަންކަމަށް ކުރިމަތިލުމުގެ ގާބިލުކަން ހުރި ގައުމެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެން ގުޅިގެން ކުރާ މަސައްކަތުން، އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ކުއްޖަކަށްވެސް ކުރިއަރައި ދިއުމުގެ ފުރުސަތު ހޯދައިދީ، ގައުމީ ތަރައްގީގައި ބައިވެރިވުމުގެ މަގު ފަހިކޮށްދެވޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދެއަހަރު ދުވަހުގެ ތެރޭގައި ދެގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަނީ

8 ގަޑިއިރު ކުރިން - 13:42

ރާއްޖެ އާއި ޕާކިސްތާނުން މުހިންމު 20 ދާއިރާއަކުން އެމްއޯޔޫގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން - 13:27

"ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ"

11 ގަޑިއިރު ކުރިން - 11:10

ރަސްމާލެ މަޝްރޫޢުން ދޫކުރާ ޕްރޮޕަޓީތަކުގެ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް!

1 ދުވަސް ކުރިން - 16:19

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 11:46

ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް: 12 އެއްބަސްވުމެއްގައި ސޮއިކުރައްވާނެ

3 ދުވަސް ކުރިން - 11:19