ޔަހޫދީންގެ އަސްކަރިއްޔާ އަށް ބެލްޖިއަމްގެ ވައިގެ ސަރަޙައްދު ބަންދުކޮށްފި

ހުސައިން އިސްމާއިލް | 21 ގަޑިއިރު ކުރިން - 24 ޖެނުއަރީ 2026 11:05
ބެލްޖިއަމްގެ ބޮޑުވަޒީރު އެލެގްޒެންޑަރ ޑި ކްރޫ ވަނީ އިސްރާއީލުން ޣައްޒާގައި ހިންގީ ޖަރީމާތަކެއް ކަމަށް ބުނެފަ. / ފޮޓޯ: ގެޓީ އިމޭޖްސް
ބެލްޖިއަމްގެ ބޮޑުވަޒީރު އެލެގްޒެންޑަރ ޑި ކްރޫ ވަނީ އިސްރާއީލުން ޣައްޒާގައި ހިންގީ ޖަރީމާތަކެއް ކަމަށް ބުނެފަ. / ފޮޓޯ: ގެޓީ އިމޭޖްސް
ޚުލާސާ

ޣައްޒާ ހަނގުރާމައިގެ މައްސަލައިގައި ބެލްޖިއަމްގެ އެއާޕޯޓުތަކާއި ވައިގެ ސަރަޙައްދަށް އިސްރާއީލުގެ އަސްކަރިއްޔާ އާއި ގުޅުން ހުރި އެއްވެސް އުޅަނދަކަށް ނުވަދެވޭ ގޮތަށް ހަދައިފި

ޣައްޒާ މައްސަލަ އާއި ގުޅިގެން ޔަހޫދީންގެ އަސްކަރިއްޔާ އަށް ބެލްޖިއަމްގެ ވައިގެ ސަރަޙައްދު ބަންދުކޮށްފިއެވެ. ބެލްޖިއަމް ސަރުކާރުން ބުނީ އިސްރާއީލަށް ހަތިޔާރާއި އަސްކަރީ އެއްވެސް އެއްޗެއް އުފުލުމުގައި ބެލްޖިއަމްގެ ވައިގެ ސަރަޙައްދު މަނާ ކޮށްފައިވާ ކަމަށާއި އަދި އިސްރާއީލުގެ އަސްކަރީ އެއްވެސް އުޅަނދަކަށް ވެސް ބެލްޖިއަމްގެ އެއާޕޯޓިތަކާއި އަދި ވައިގެ ސަރަޙައްދު މަނާ ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެމަޖެންސީ ޙާލަތެއްގައި ވެސް އިސްރާއީލު އަސްކަރިއްޔާގެ އެއްވެސް އުޅަނދަކަށް ވެސް ބެލްޖިއަމް ބޭނުން ނުކުރެވޭނެ ކަމަށް ވެސް އެ ޤައުމުން ބުންޏެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މެދުނުކެނޑި ދެއަހަރުދުވަސް ވަންދެން ޔަހޫދީ އަސްކަރިއްޔާ އިން ވަނީ އެތައް ބައިވަރު ޤަތުލުޢާންމުތައް ޣައްޒާގައި ހިންގައި ފަލަސްތީނުގެ 71،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 171،000 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްފައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ފަހުން ވެސް އިސްރާއީލުން ފަލަސްތީނުގެ 483 މީހުން ޝަހީދުކޮށް 1،287 މީހުން ޒަޚަމް ކޮށްލި ކަމަށް ސިއްހީ މަސްދަރުތަކުން ބުނެއެވެ. 2.4 މިލިއަން ފަލަސްތީނު މީހުން ދިރިއުޅެމުންދާ ޣައްޒާއަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަމުގެ ސާމާނާއި ސިއްހީ ސާމާނު ވަނުން ވެސް ވަނީ ވަރަށް ބޮޑަށް ހަނި ކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%